Ads by Farudhun

ޚަބަރު

ޓީޖެޓީ ސަރަޙައްދަށް ދޯންޏެއް އަޑިއަށް ގޮސްފި

ޓީޖެޓީ ސަރަޙައްދަށް ދޯންޏެއް އަޑިއަށް ގޮސްފި

ދޯނި ފުންކުރުމުގެ މަސައްކަތް ކުރަނީ---

farudhun logo

ފަރުދުން

27 ޖޫން 2026، 09:50

27 ޖޫން 2026، 09:50

މާލޭ ޓީޖެޓީ ސަރަޙައްދަށް މުދާ އުފުލާ ދޯންޏެއް އަޑިއަށް ގޮސްފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިރޭގެ ވަގުތެއްގައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، ޓީޖެޓީ ސަރަޙައްދުގައި ދޯންޏެއް އަޑިއަށް ދާކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:31 ހާއިރުއެވެ. އަދި އަޑިއަށް ގޮސްފައިވަނީ "ކުރިމަގު" ނަމަކަށް ކިޔާ ދޯންޏެކެވެ.

މި ހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، މި ދޯނި އަޑިއަށް ގޮސްފައިވަނީ މުދާ ބަރުކޮށްގެން ވ. އަތޮޅަށް ދިއުމަށް ޓީޖެޓީން ނުކުތް ވަގުތު ދިޔަވާން ފެށުމުން، އަނބުރާ ބަނދަރަށް ވަތް ފަހުންނެވެ. ބަނދަރަށް ވަދެ އޮއްވާ ދޯނި ވަނީ އެއްކޮށް ކަހަލަ ގޮތަކަށް އަޑިއަށް ގޮސްފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. ނަމަވެސް ދޯނީގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ބެލެވެއެވެ.

އަޑިއަށް ދިޔަ ދޯނި ފުންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިތުރުން ދޯނީގެ ވެރިފަރާތުން ގުޅިގެން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450