Ads by Farudhun

ޚަބަރު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވަނީ. ފޮޓޯ: ސަން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

28 ޖޫން 2026، 10:36

28 ޖޫން 2026، 10:36

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން، ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފިއެވެ. 

މެޓުން ސަމާލު ނެރެފައުވަނީ މިއަދު ހެނދުނު 8:15 އިން ފެށިގެން މެނދުރުފަހު 13:00 އަށެވެ. 

މެޓުން ބުނި ގޮތުގައި، މިއާއެކު ބޯކޮށް ވާރޭވެހި ގުގުރުން އެކަސީގެންވާކަމަށެވެ. އަދި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. 



މިއީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށް ވީއިރު، މިއަދު ހެނދުނު 4:15 އިން 9:00 އަށް، ހއ އަތޮޅުން ފެށިގެން ދ އަތޮޅަށް، ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް މެޓުން ހުދު ސަމާލުނެރުނެވެ. 

ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ލަފާކުރެއެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި،  ގަޑިއަކު 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓުން ބުނެއެވެ. އަދި  ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ، ވާރޭ ވެހޭ އިރު އިތުރަށް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450