Ads by Exprox

ޚަބަރު

ފޮރިން އިންވެސްޓްމަންޓުގެ އައު ޤާނޫނާ އެކު ބޭރު ބޭންކުތަކުގެ އިތުބާރުބޮޑުވެގެންދާނެ: ވަޒީރު ސަޢީދު

ފޮރިން އިންވެސްޓްމަންޓުގެ އައު ޤާނޫނާ އެކު ބޭރު ބޭންކުތަކުގެ އިތުބާރުބޮޑުވެގެންދާނެ: ވަޒީރު ސަޢީދު

އިޤްތިޞާދާ ބެހޭ ވަޒީރު މުޙައްމަދު ސައީދު.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ސެޕްޓެމްބަރު 2024، 08:28

03 ސެޕްޓެމްބަރު 2024، 08:28

ފޮރިން އިންވެސްޓްމަންޓުގެ އައު ޤާނޫނާ އެކު ބޭރު ބޭންކުތަކުގެ އިތުބާރުބޮޑުވެގެންދާނެ ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްވަމުންނެވެ.

ވަޒީރު ސަޢީދު ވިދާޅުވީ އައު ފޮރިން އިންވެސްޓްމަންޓް ޤާނޫނު ވުޖޫދަށް އައުމާއެކު މީގެ ކުރިން ބޭރުގެ ބޭންކުތަކަށް ލިބިފައިނެތް އިތުބާރާއި ޔަގީންކަން ލިބިގެންދާނެކަމަށެވެ.

ސައީދު ވިދާޅުވީ މި ޤާނޫނު ފަރުމާކޮށްފައިވާނީ ރާއްޖެ އަންނަ ބޭރުގެ އިންވެސްޓަރުންގެ ސަބަބުން ދިވެހި ވިޔަފާރިތަކުގެ ހައްޤުތައްވެސް ނުގެއްލޭނޭހެން ކަމަށެވެ. މިގޮތުން މި ޤާނޫނު ފަރުމާކުރުމުގައި ރައީސް ޑރ.މުއިއްޒުގެ އިރުޝާދުގެ ދަށުން އެންމެ އިސްކަމެއް ދީފައިވާނީ ދިވެހިންގެ ޙައްޤުތައް ނުގެއްލޭ ގޮތަށްކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މިހާރު މިއޮތް ޤާނޫނަކީ ވަރަށްބޮޑަށް ދިރާސާކުރެވިގެން ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާގޮތަށް އުފަންކުރެވިފައިވާ ޤާނޫނެއް - އިޤްތިޞާދީ ވަޒީރު ސައީދު ވިދާޅުވިއެވެ. 

މިއަދު ގެޒެޓްކުރި ފޮރިން އިންވެސްޓްމަންޓްތަކާ ބެހޭ ޤާނޫނަކީ މިހާރު 45 އަހަރުވެފައިވާ ފޮރިން އިންވެސްޓްމެންޓްގެ އުޞޫލުތައް ހަރުދަނާކޮށް، އިންވެސްޓަރުންނަށް މިހާރަށް ވުރެ ފަހި ފުރުޞަތުތަކެއް ޤާނޫނީ ގޮތުން ލިބޭނެ ގޮތަށް އެކުލަވައިލާފައިވާ ޤާނޫނެކެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco