Ads by Exprox

ޚަބަރު

ޔުކްރެއިންގެ ރައީސް ނޭޓޯގެ ރައްކާތެރިކަން ހޯދުމަށް އެދިވަޑައިގެންފި

ޔުކްރެއިންގެ ރައީސް ނޭޓޯގެ ރައްކާތެރިކަން ހޯދުމަށް އެދިވަޑައިގެންފި

ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ފޮޓޯ:ބީބީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ނޮވެމްބަރު 2024، 10:09

30 ނޮވެމްބަރު 2024، 10:09

ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވަނީ އެ ޤައުމުގެ ބައެއް ސަރަޙައްދުތަކަށް ނޭޓޯގެ ރައްކާތެރިކަން ލިބިގަތުމަށް އެދިވަޑައިގެންފައެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ސްކައި ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ރައީސް ޒެލެންސްކީ ވިދާޅުވީ، ޔުކްރެއިންގެ މުޅި ޤައުމަށް ނޭޓޯގެ މެމްބަރޝިޕް ހުށަހެޅުމަށްފަހު، މިހާރު ރަޝިޔާގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތައް ހޯދުމަށް ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރެވިދާނެ ކަމަށެވެ. ނަމަވެސް، މިފަދަ ހުށަހެޅުމެއް އަދި ރަސްމީކޮށް ލިބިފައިނުވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަނގުރާމަ ހުއްޓުވުމަށް ހަމައެކަނި ނޭޓޯގެ މެމްބަރޝިޕަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވިއެވެ. އަދި ހަމައެކަނި ހަނގުރާމަ ހުއްޓާލުމަކީ ރަޝިޔާއިން އަލުން ހަމަލާދޭން ފުރުސަތު ދިނުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް، މި ހުށަހެޅުމަކީ ނޭޓޯއިން ޤަބޫލުކުރާނެ ކަމެއްކަމާމެދު ސުވާލު އުފެދެއެވެާލު އުފެދެއެވެ. އަދި ރަޝިޔާގެ ރައީސް ވްލަދިމިރް ޕުޓިން ވެސް މިހާތަނަށް ޔުކްރެއިންގެ އެއްވެސް ސަރަޙައްދެއް ނޭޓޯއަށް ގުޅުމަށް ހުއްދަދޭނެކަމުގެ އެއްވެސް އިޝާރާތެއް ދެއްވާފައެއް ނުވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco