Ads by Farudhun

ޚަބަރު

އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވުމުގެ މަސައްކަތް ފަށައިފި

އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވުމުގެ މަސައްކަތް ފަށައިފި

އައްޑޫގައި ހުޅުވި މިފްކޯގެ މަސްފިހާރަ---

farudhun logo

ފަރުދުން

29 ޖޫން 2026، 04:49

29 ޖޫން 2026، 04:49

މާލޭގެ އިތުރުން ރާއްޖޭގެ އާބާދީ ބޮޑެތި ރަށްރަށުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) ގެ ފިހާރަތައް ހުޅުވުމުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިފްކޯގެ ޗީފް އޮޕަރޭޓިންގ އޮފިސަރު (ސީއޯއޯ) ހާމިދު ނަޒީމް އިބްރާހީމް ވިދާޅުވީ، މިފްކޯގެ އުފެއްދުންތައް ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އެ ކުންފުނިން ބޮޑު އިސްކަމެއް ދެމުން އަންނަ ކަމަށެވެ. އެގޮތުން، އަތޮޅުތެރޭގެ އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި މަޝްރޫޢުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ރާއްޖޭގެ ސިޓީތަކަށާއި އާބާދީ ބޮޑު ރަށްރަށަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މަސައްކަތުގެ ދަށުން، މި އަހަރުގެ މޭ މަހުގެ ތެރޭގައި ވަނީ އަތޮޅުތެރޭގައި ހުޅުވި މިފްކޯގެ ފުރަތަމަ އައުޓްލެޓް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވާފައެވެ.

ރާއްޖޭގެ އިތުރުން، ދިވެހިން އާންމުކޮށް ދިރިއުޅޭ ބޭރުގެ ގައުމުތަކުގައިވެސް މިފްކޯގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ވަނީ މިފްކޯގެ ހާއްސަ އައުޓްލެޓެއް ހުޅުވާފައެވެ.

ސްރީލަންކާގައި ހުޅުވި މި އައުޓްލެޓް މެދުވެރިކޮށް މިފްކޯގެ "ފަސްމީރު" ބްރޭންޑްގެ ތަފާތު އުފެއްދުންތައް ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ވަޅޯމަހާއި، އެކި ބާވަތްތަކުގެ މަސްދަޅުގެ އިތުރުން، ރިހާކުރާއި ޕެކެޓްގައި ބަންދުކޮށްފައި ހުންނަ މުގުރި މަސް ހިމެނެއެވެ.

މިފްކޯއިން ބުނި ގޮތުގައި މި ފިހާރަތައް އިތުރުކުރުމުގެ މައިގަނޑު މަގުސަދަކީ ދިވެހި މަސްވެރިންގެ އުފެއްދުންތަކަށް އޮތް ތަރުހީބު އިތުރުކޮށް، ކޮލިޓީ ރަނގަޅު ދިވެހި އުފެއްދުންތައް ކޮންމެ ރައްޔިތަކަށްވެސް ފަސޭހައިން އަތްފޯރާފަށުގައި ލިބޭނެ ގޮތް ހެދުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450