ކުޅިވަރު

ނެދަލޭންޑްސް ބަލިކޮށް މޮރޮކޯ ގަދަ 16 އަށް ދަތުރުކޮށްފި

ނެދަލޭންޑްސް ބަލިކޮށް މޮރޮކޯ ގަދަ 16 އަށް ދަތުރުކޮށްފި

މޮރޮކޯ ޓީމްގެ ދެ ކުޅުންތެރިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖޫން 2026، 09:29

30 ޖޫން 2026، 09:29

މެކްސިކޯގެ އެސްޓޭޑިއޯ ބީ.ބީ.ވީ.އޭ ގައި  ކުޅުނު ވޯލްޑް ކަޕްގެ ގަދަ 32 ގެ ފޯރިގަދަ މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބުކޮށް މޮރޮކޯއިން މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ. މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން، މޮރޮކޯ މޮޅުވީ ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.

ދުނިޔޭގެ ރޭންކިންގެ 6 ވަނައިގައި އޮތް މޮރޮކޯއާއި 7 ވަނައިގައި އޮތް ނެދަލޭންޑްސް ބައްދަލުކުރި މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ނެދަލޭންޑްސްއިންނެވެ. މި ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ކްރިސެންސިއޯ ސަމަވިލްގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ކޯޑީ ގަކްޕޯއެވެ. 

ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، 91 ވަނަ މިނެޓުގައި މޮރޮކޯގެ އީސާ ޑިއޮޕް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ ޝެމްސްދީން ތަލްބީ ނެގި ހުރަހަކުން އޭނާ ބޮލުން ޖެހި ލަނޑެކެވެ. އިތުރު ވަގުތުގެ 30 މިނެޓުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި މޮރޮކޯގެ ގޯލްކީޕަރު ޔާސީން ބޫނޫ ވަނީ ނެދަލޭންޑްސްގެ ސަމަވިލް ފޮނުވާލި ޕެނަލްޓީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. މޮރޮކޯ މޮޅުވެގެން ނިންމާލި ޕެނަލްޓީ ކާމިޔާބުކޮށްދިނީ އިސްމާއިލް ސައިބާރީއެވެ.

މިއީ ނެދަލޭންޑްސްގެ ވޯލްޑް ކަޕް ތާރީޚުގައި އެ ޓީމު މިހާ އަވަހަށް މުބާރާތުން ވަކިވާންޖެހުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބައިވެރިވި އަށް ފަހަރުވެސް އެ ޓީމު ވަނީ މަދުވެގެން ގަދަ 16 އާ ހަމައަށް ދަތުރުކޮށްފައެވެ. ރޮނަލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ކުޅުނު ނެދަލޭންޑްސް މުބާރާތުން ކެޓިއިރު، މިދިޔަ އަހަރުގެ ސެމީ ފައިނަލިސްޓް މޮރޮކޯ މިވަނީ އަނެއްކާވެސް އުންމީދީ ދަތުރެއް ފަށާފައެވެ.

މިއީ މި ފަހަރުގެ މުބާރާތުގައި ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރުނު ދެވަނަ މެޗެވެ. ރޭ ދަންވަރު ކުޅުނު  މެޗުގައި ޕެރަގުއޭ އިން ވަނީ ޕެނަލްޓީ ޖަހައިގެން ޖަރުމަނު ބަލިކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450