ދުނިޔެ

ޖަރުމަނުގައި ދެވުނު ބަޑީގެ ހަމަލާއެއްގައި 6 މީހަކު މަރުވެއްޖެ

ޖަރުމަނުގައި ދެވުނު ބަޑީގެ ހަމަލާއެއްގައި 6 މީހަކު މަރުވެއްޖެ

ހާދިސާއާއި ގުޅިގެން އެ ޤައުމުގެ ފުލުހުން ހަރަކާތްތެރިވަނީ. ފޮޓޯ: އިންޓަނެޓު

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

30 ޖޫން 2026، 10:27

30 ޖޫން 2026، 10:27

ޖަރުމަނުގެ ސްޓޭޑް ސިޓީގައި މަންމައިންނާއި ކުޑަކުދިންނަށް ހާއްސަ ޝެލްޓަރެއްގައި ދިން ބަޑީގެ ހަމަލާއެއްގައި 6 މީހަކު މަރުވެއްޖެއެވެ.

އެ ޤައުމުގެ އޮފިޝަލުން ބުނާގޮތުގައި، މި ކަމުގެ ތުހުމަތުގައި 45 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ރޮއިޓާރސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާ އެތަނަށް ގޮސްފައިވަނީ އޭނާގެ ދަރިފުޅު ބެލެހެޓުމުގެ ކަމެއްގައި ކުއްޖާގެ މަންމައާއި ދެމެދު މައްސަލަޖެހިފައިވާ ދަނޑިވަޅެއްގައެވެ. އަދި މީނާ ބަޑީގެ ހަމަލާތައް ދޭން ފަށާފައިވަނީ ހޯމަ ދުވަހުގެ މެންދުރެއްހާ އިރުއެވެ. 

މި މައްސަލައިގައި ތުހުމަތުކުރެވޭ 45 އަހަރުގެ މީހާގެ އިތުރުން، ކުއްޖާގެ މަންމައާއި އަދި އިތުރު އަންހެނަކު ވަނީ އެ ޤައުމުގެ އޮފިޝަލުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ހާދިސާގައި މަރުވެފައިވަނީ 4 އަންހެނަކާއި 2 ފިރިހެނުންނެވެ. މި ހުރިހާ އެންމެނެކީ ވެސް އެ ތަނުގައި މަސައްކަތްކުރަމުންދިޔަ ފަރާތްތަކެކެވެ. އަދި މި މީހުންގެ ތެރެއިން 5 މީހުން ވަނީ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން މަރުވެފައެވެ. އެކަކު މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށެވެ. 

ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަޅާފައިހުރި ތަނެއްގައި މިފަދަ އަނިޔާވެރި އަމަލެއް ހިނގައިގެން ދިއުމަކީ ވަރަށް ބޮޑު ޝޮކެއް ކަމަށް، މި ހާދިސާއާއި ގުޅިގެން ވާހަކަދައްކަވަމުން ޖަރުމަނުގެ ރައީސް ފްރޭންކް ވްލްޓަރ ސްޓެއިންމިއެރ ވަނީ ވިދާޅުވެފައެވެ.

އެމެރިކާ ފަދަ ޤައުމުތަކާ އަޅާބަލާއިރު، ޖަރުމަނުގައި މިފަދަ ހާދިސާތައް ހިނގުމަކީ އެހާ އާންމުކަމެއް ނޫނެވެ. މީގެ ކުރިން 2023 ގައި ޖަރުމަނުގެ ހޭމްބާގުގައި މީހަކު ވަނީ ބަޑީގެ ހަމަލާއެއްދީ 6 މީހުން މަރާލާފައެވެ. އަދި އެއަށް ފަހު އޭނާ ވަނީ އަމިއްލައަކަށް މަރުވެފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450