ވިޔަފާރި / ޚަބަރު

ޑޮލަރު އިންވެސްޓްކޮށްގެން ފައިދާ ހޯދުމުގެ ފުރުޞަތު އާންމުންނަށް ހުޅުވާލައިފި!

ޑޮލަރު އިންވެސްޓްކޮށްގެން  ފައިދާ ހޯދުމުގެ ފުރުޞަތު އާންމުންނަށް ހުޅުވާލައިފި!

ބޭންކް އޮފް މޯލްޑީވްސް ފޮޓޯ: ބީއެމްއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖޫން 2026، 01:01

30 ޖޫން 2026، 01:01

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުންނަށް އެ ބޭންކުގައި ޑޮލަރު އިންވެސްޓްކުރެވޭނެ އައު ޚިދުމަތެއް "އިންވެސްޓްމަންޓްސް" ގެ ނަމުގައި މިއަދު ތަޢާރަފުކޮށްފިއެވެ.

މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ ހޮޓެލް ޖެންގައި މިއަދު ބޭއްވި "ޗެޓް ވިތު ސީއީއޯ" ހަފްލާގައެވެ. ބޭންކުގެ މޯބައިލް އެޕް އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އޮންލައިންކޮށް މި ޚިދުމަތް މިހާރު ލިބޭނެއެވެ.

މި ޚިދުމަތުގެ ދަށުން ކޮންމެ ދުވަހަކުވެސް ތަފާތު ފައިދާ ލިބޭ އިންވެސްޓްމަންޓް ޕޫލްތަކެއް ހުޅުވާލެވޭނެއެވެ. ކަސްޓަމަރުން އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ ވަގުތުން އެކައުންޓަށް ޖަމާވާނެއެވެ. އަދި އިންވެސްޓްމަންޓުން ލިބޭ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެ ކަމަށް ބޭންކުން ބުނެއެވެ. މި ޕޫލްތަކުން %25 އާ ހަމައަށް ފައިދާ ލިބުމުގެ ފުރުޞަތު އޮންނާނެއެވެ.

މި ޚިދުމަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، މިއީ ބޭންކަށް ބޭނުންވާ ޑޮލަރު ހޯދުމަށާއި، އާންމުންނަށް އިންވެސްޓްކޮށްގެން ފައިދާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ފެށި ކަމެއް ކަމަށެވެ.

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން މިފަދަ ރަނގަޅު ފައިދާއެއް ލިބޭ އިންވެސްޓްމަންޓް ޕޫލްތަކުގައި އިންވެސްޓްކުރުމުން، އީކޮމާސް ރީޓެއިލް ސައިޓްތަކުން ކުރާ މުޢާމަލާތްތަކާއި އެހެނިހެން ފީތަކުން ލިބޭ އާމްދަނީގެ ފައިދާ އިންވެސްޓަރުންނަށް ލިބޭނެ. މީގެ ސަބަބުން ބޭންކަށް ޑޮލަރު ލިބި، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ކަމަށްވާ ކާޑު ޕޭމަންޓްތަކާއި މުދާ އިމްޕޯޓްކުރުމަށް އެ ޑޮލަރު ފޯރުކޮށްދެވޭނެ،

      ސީއީއޯ ޝަރީފް 

ސީއީއޯ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި 5 އަހަރު ތެރޭގައި ކާޑުތަކުން ޑޮލަރު ވިއްކާ މިންވަރު 3.7 ގުނަ އިތުރުވެ، މިހާރު މަހަކު އެވްރެޖްކޮށް 39.3 މިލިއަން ޑޮލަރު ވިއްކަންޖެހެއެވެ. އަދި މި ޚިދުމަތް ހޯދާ ކަސްޓަމަރުންގެ އަދަދުވެސް ވަނީ ދެގުނައަށްވުރެ އިތުރުވެފައެވެ.

މިއަދުގެ ހަފްލާގައި "އިންވެސްޓްމަންޓްސް" ޚިދުމަތް ބޭނުންކުރާނެ ގޮތުގެ ޑެމޯއެއް ދައްކާލާފައިވާއިރު، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ބޭންކަށާއި ކަސްޓަމަރުންނަށް މަންފާ ކުރާނެ ނިޒާމެއް ކަމަށް ބީއެމްއެލްއިން ދެކެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450