Ads by Farudhun

ޚަބަރު

މޭ މަހު ޒަކާތު ފަންޑަށް 7.6 މިލިއަން ރުފިޔާ: ޒަކާތް ދެއްކި މިންވަރު 75 އިންސައްތަ އިތުރުވެއްޖެ

މޭ މަހު ޒަކާތު ފަންޑަށް 7.6 މިލިއަން ރުފިޔާ: ޒަކާތް ދެއްކި މިންވަރު 75 އިންސައްތަ އިތުރުވެއްޖެ

ޒަކާތް ބެހުމުގެ މަސައްކަތް ފޮޓޯ: ޒަކާތު ހައުސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖޫން 2026، 01:09

30 ޖޫން 2026، 01:09

މިއަހަރުގެ މޭ މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި 7.59 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.

ޒަކާތު ހައުސްއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މޭ މަހު މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 7,587,956.14 (ހަތް މިލިއަން ފަސް ލައްކަ އައްޑިހަ ހަތް ހާސް ނުވަ ސަތޭކަ ފަންސާސް ހަ ރުފިޔާ ސާދަ ލާރި) ބަލައިގަނެފައިވެއެވެ. މިދިޔަ އަހަރުގެ މޭ މަހު ޒަކާތު ފަންޑަށް ލިބިފައިވަނީ 4.33 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 75.3 އިންސައްތައިގެ އިތުރުވުމެކެވެ.

ޒަކާތު ހައުސްއިން ބުނި ގޮތުގައި ޒަކާތް ދެއްކި މިންވަރު މިހާ ބޮޑަށް އިތުރުވުމަކީ ޒަކާތުގެ މުހިންމުކަމާ މެދު އާންމުން ހޭލުންތެރިވަމުންދާ ކަމުގެ ހެއްކެކެވެ. އަދި ރަސްމީ ނިޒާމުގެ ތެރެއިން ޒަކާތް ދެއްކުމަށް އާންމުން ދޭ ސަމާލުކަން އިތުރުވަމުންދާކަން މީގެއިން ހާމަވާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

ޒަކާތުގެ ބެހިގެންދިޔަ ގޮތް:
ތަފާސްހިސާބުތައް ދައްކާގޮތުން މޭ މަހުގެ ތެރޭގައި ޒަކާތު ފަންޑުން އެކި އެހީތަކަށާއި މަޝްރޫއުތަކަށް ޖުމުލަ 2,685,834.30 (ދެ މިލިއަން ހަ ލައްކަ އައްޑިހަ ފަސް ހާސް އަށް ސަތޭކަ ތިރީސް ހަތަރު ރުފިޔާ ތިރީސް ލާރި) ވަނީ ދޫކޮށްފައެވެ.

މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންނަށެވެ. އެގޮތުން ޖުމުލަ 1.48 މިލިއަން ރުފިޔާ އެ ފަރާތްތަކަށް ދޫކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ:

ބޭސްފަރުވާގެ އެހީއަށް: 1,452,960.50 ރުފިޔާ (މިއީ މި މަހު ދޫކުރި ފައިސާގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި)
ޒަރޫރީ ބޭނުންތަކަށް: 31,000.00 ރުފިޔާ



ފީސަބީލިﷲ މަޝްރޫއުތައް:
ދީނީ އަދި ތައުލީމީ މަސައްކަތްތަކަށް ހޭދަކުރާ "ފީސަބީލިﷲ" ބައިން މޭ މަހު ވަނީ 1,037,236.42 ރުފިޔާ ހޭދަކޮށްފައެވެ. މީގެ ތެރޭގައި ގުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތަކަށް 7.5 ލައްކައަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާއިރު، އިސްލާމީ ފޮތްތައް ތަރުޖަމާކުރުމަށް 2.4 ލައްކަ ރުފިޔާ އަދި މަތީ ތައުލީމަށް އެހީވުމަށް 37,000 އަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ޒަކާތު ހައުސްއިން ވިދާޅުވި ގޮތުގައި މި މަސައްކަތްތަކުގެ މައިގަނޑު މަގުސަދަކީ އިސްލާމީ އިލްމު ކުރިއެރުވުމާއި، ދީނީ މައުލޫމާތު އާންމުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމެވެ.



Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450