Ads by Farudhun

ޚަބަރު

މާލޭގެ ދަތުރުފަތުރުގެ މައްސަލަ ހައްލުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފަށައިފި

މާލޭގެ ދަތުރުފަތުރުގެ މައްސަލަ ހައްލުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފަށައިފި

މާލޭގެ މަގެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 ޖޫން 2026، 01:40

30 ޖޫން 2026، 01:40

މާލެއަށް ކުރިމަތިވެފައިވާ ދަތުރުފަތުރުގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ވިޔަފާރީގެ ތަރައްގީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

 ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްދާ މަސައްކަތެއް ކަމަށެވެ.

ވަށާޖެހޭ ހައްލެއް ހޯދުމަށް ގިނަ އިދާރާތަކެއްގެ ބައިވެރިވުން
މާލޭގެ މަގުތަކުގެ ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ގިނަ މުއައްސަސާތަކެއް ގުޅިގެން މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ދަތުރުފަތުރާ ބެހޭ ވުޒާރާ، ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ޕަބްލިކް ވޯކްސް ޑިޕާޓުމެންޓު، އެންވަޔަރަމެންޓް މިނިސްޓްރީ، އެޗްޑީސީ އަދި ދިވެހި ފުލުހުންގެ ޚިދުމަތް ހިމެނެއެވެ. މި އިދާރާތަކުގެ އަމާޒަކީ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ވަށާޖެހޭ ހައްލެއް ހޯދުމެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، "މީގެ ކުރިންވެސް އަޅުގަނޑުމެންގެ ސަރުކާރު އައިފަހުން އެބަހުރި ކަންތައްތަކެއް ވަރަށް ރަނގަޅު ކަންތައްތަކެއް ޓްރާންސްޕޯޓު މިނިސްޓްރީން ކުރައްވާފައި. ނަމަވެސް ރައްޔިތުންގެ ފީޑްބެކާއި ޓްރާންސްޕޯޓް މިނިސްޓްރީން ކުރައްވާފައިވާ ކަންތައްތަކާއެކު މިކަމާ ގުޅޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާ މިކުރަނީ އެނގުންވާ ކަހަލަ ބައެއް ލުއިތަކެއް ގެނެވޭނެ ގޮތްތަކެއް ހޯދުމަށް" ކަމަށެވެ.

މަގުތައް ތަރައްގީކުރުމާއި ޕާކިންގެ މައްސަލަ
މާލޭގެ ދަތުރުފަތުރަށް ލުއި ހޯދައިދިނުމުގެ ގޮތުން ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި މަޝްރޫއުގެ ސަބަބުން މަގުތަކުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި، ހާއްސަކޮށް މާލޭގެ ޕާކިން މައްސަލަ ހައްލުކުރުމަށްވެސް މި މަޝްރޫއުގެ ތެރެއިން މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މާލެއަކީ ދުނިޔޭގެ ނިސްބަތުންވެސް އުޅަނދުފަހަރު ގިނަ، ތޮއްޖެހުން ބޮޑު ސިޓީއެއްކަން ފާހަގަކުރައްވަމުން ސަޢީދު ވިދާޅުވީ، ހުޅުމާލޭގެ ތިން ފިޔަވަހި ތަރައްގީވަމުންދާއިރު މާލެއާއި ހުޅުމާލެއާ ދެމެދު އޮތް ބުރިޖުގެ ބޭނުން ހިފުމުގައިވެސް ދެމެހެއްޓެނެވި ހައްލެއް ބޭނުންވާ ކަމަށެވެ. އަދި މިކަމަކީ ހުރިހާ ސިޔާސީ ޕާޓީތަކުންވެސް އެއްބަސްވާ މައްސަލައަކަށް ވާއިރު، މާލޭ ސިޓީ ކައުންސިލުގެ ފުރިހަމަ އެއްބާރުލުން މި މަސައްކަތުގައި ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450