ދުނިޔެ

ފޯނު ނަންބަރުގެ ބަދަލުގައި ޔޫސަރނޭމް ބޭނުންކުރެވޭ ގޮތަށް ވަޓްސްއެޕުން ހަމަޖައްސަނީ

ފޯނު ނަންބަރުގެ ބަދަލުގައި ޔޫސަރނޭމް ބޭނުންކުރެވޭ ގޮތަށް ވަޓްސްއެޕުން ހަމަޖައްސަނީ

ވަޓްސްއެޕް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 ޖޫން 2026، 04:22

30 ޖޫން 2026، 04:22

ދުނިޔޭގެ އެންމެ މަގުބޫލު މެސެޖިންގ އެޕްލިކޭޝަން ކަމަށްވާ ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކުގެ ފޯނު ނަންބަރު ހާމަނުކޮށް، ޔޫސަރނޭމް މެދުވެރިކޮށް މުއާމަލާތް ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ފަށައިފިއެވެ.

މިއީ ތިން ބިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ މި އެޕްލިކޭޝަންގައި ކަސްޓަމަރުންގެ ޕްރައިވެސީ ނުވަތަ އަމިއްލަ މައުލޫމާތު ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މެޓާގެ މި ޕްލެޓްފޯމުން ހޯމަ ދުވަހު ހާމަކުރި ގޮތުގައި، މިއަހަރުގެ ފަހުކޮޅު މި ފީޗާ އާންމުކޮށް ދޫކޮށްލުމުގެ ކުރިން، މިހާރު ވަނީ ޔޫސަރނޭމް ރިޒާވް ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ބަދަލާއެކު، މީހުންނަށް އެމީހެއްގެ ފޯނު ނަންބަރު ނޭނގުނު ކަމުގައިވިޔަސް ހަމައެކަނި ޔޫސަރނޭމް ބޭނުންކޮށްގެން ގުޅާލެވޭނެއެވެ. ވަޓްސްއެޕުން ބުނި ގޮތުގައި މިއީ ޕްރައިވެސީއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ ފީޗާއެކެވެ. އެގޮތުން ޔޫސަރނޭމްތަކުގެ ޕަބްލިކް ޑައިރެކްޓަރީއެއް ނޯންނާނެ ކަމަށާއި، މީހަކާ އަލަށް ގުޅަން ބޭނުންވާނަމަ އެމީހެއްގެ ޔޫސަރނޭމް އެނގެން ޖެހޭނެއެވެ.

ވަޓްސްއެޕްގެ ވައިސް ޕްރެޒިޑެންޓް އޮފް ޕްރޮޑަކްޓް އެލިސް ނިއުޓަން-ރެކްސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، "މިއީ އަޅުގަނޑުމެން ޕްރައިވެސީގެ މުހިންމު ބައެއްގެ ގޮތުގައި ފަރުމާކުރި ކަމެއް" ކަމަށެވެ. އަދި އަލަށް މީހަކާ މުއާމަލާތް ކުރަން ބޭނުންވާނަމަ އެމީހެއްގެ ސީދާ ޔޫސަރނޭމް އެނގެން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިހާތަނަށް ވަޓްސްއެޕްގައި މީހަކާ ގުޅޭނީ އެމީހެއްގެ ފޯނު ނަންބަރު އޮވެގެންނެވެ. ނަމަވެސް ކުރިއަށް އޮތް މަސްތަކުގައި ފޯނު ނަންބަރުގެ ބަދަލުގައި ހަމައެކަނި ޔޫސަރނޭމް މެދުވެރިކޮށް މީހުންނަށް ފެންނަ ގޮތަށް ސެޓިންގްސް ބަދަލުކުރުމުގެ އިހުތިޔާރު ލިބިގެންދާނެއެވެ. ޔޫސަރނޭމްތަކުގެ ދިގުމިނުގައި 3 އަކުރާއި 35 އަކުރާ ދެމެދުގެ އަދަދެއް ހުންނަން ޖެހޭނެއެވެ.

މީގެ އިތުރުން، މަޝްހޫރު ފަރާތްތަކާއި، ސަރުކާރުގެ އިދާރާތަކުގެ ނަމުގައި ފޭކު އެކައުންޓްތައް ހެދުން ހުއްޓުވުމަށްޓަކައި، އެފަދަ ފަރާތްތަކަށް ހާއްސަ ޔޫސަރނޭމްތައް ވަޓްސްއެޕުން ހިފަހައްޓާނެއެވެ. އަދި މެޓާގެ އެހެން ޕްލެޓްފޯމްތައް ކަމަށްވާ އިންސްޓަގްރާމް އަދި ފޭސްބުކްގައި މިހާރުވެސް އެކައުންޓް އޮންނަ ކުންފުނިތަކާއި އޯގަނައިޒޭޝަންތަކަށް އެ ފަރާތްތަކުގެ ޔޫސަރނޭމް ވަޓްސްއެޕުން ހޯދުމުގެ ފުރުސަތު އިސްކަންދީގެން ލިބިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450