Ads by Farudhun

ޚަބަރު

18 އަތޮޅެއްގެ އާސާރީ ތަންތަން ކިތާބުކޮށް ނިމިއްޖެ، މުޅި ރާއްޖޭގެ މަސައްކަތް ޖުލައި މަހަށް ނިމޭނެ: ވަޒީރު ހީނާ

18 އަތޮޅެއްގެ އާސާރީ ތަންތަން ކިތާބުކޮށް ނިމިއްޖެ، މުޅި ރާއްޖޭގެ މަސައްކަތް ޖުލައި މަހަށް ނިމޭނެ: ވަޒީރު ހީނާ

ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ފޮޓޯ: މަޖިލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ޖުލައި 2026، 10:23

01 ޖުލައި 2026، 10:23

ރާއްޖޭގެ 18 އަތޮޅެއްގައި ހުރި އާސާރީ ތަންތަން ދިރާސާކޮށް، އެ ތަންތަނުގެ މައުލޫމާތު ކިތާބުކުރުން ނުވަތަ ޑޮކިއުމެންޓް ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުން 400 އަށްވުރެ ގިނަ އާސާރީ ތަންތަން މިހާތަނަށް ލިސްޓުކުރެވިފައިވާ ކަމަށެވެ. މި ތަންތަން ބެލެހެއްޓުމާއި މައުލޫމާތު އެއްކުރުމަށްޓަކައި ސަޤާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާއި ޖަޕާނުގެ ކިޔޯޓޯ ޔުނިވާސިޓީ ގުޅިގެން "މެރިޓައިމް ސާވޭ" ގެ ނަމުގައި ހާއްސަ މަޝްރޫއެއް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ދިރާސާގެ ދަށުން މިހާތަނަށް 18 އަތޮޅެއްގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ އއ. އަދި އދ. އަތޮޅުގެ މަސައްކަތްތަކެވެ. ވަޒީރު ވިދާޅުވީ އަންނަ ޖުލައި މަހުގެ ތެރޭގައި އެ ދެ އަތޮޅުގެ މަސައްކަތް ނިމުމުން މާލޭގެ އާސާރުތައް ކިތާބުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. މާލޭގެ މަސައްކަތާއެކު މުޅި ރާއްޖޭގެ ހުރިހާ އާސާރުތަކެއް ޑޮކިއުމެންޓްކޮށް ނިމިގެންދާނެއެވެ.

މަޝްރޫޢުތައް ނިމުމުން މި މައުލޫމާތުތައް އޮންލައިން ޑޭޓާބޭސްއެއްގައި ކިޔަވާކުދިންނާއި ދިރާސާކުރާ ކުދިންނަށް ހިލޭ ލިބެންހުންނާނެ. އަދި މި މައުލޫމާތުތަކަކީ ޕޮލިސީ ލެވެލްގެ މުހިންމު ކަންތައްތައް ނިންމުމުގަޔާއި މި ދާއިރާ އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްތަކުގައި ވަރަށް މުހިންމު މައުލޫމާތުތަކަށް ވެގެންދާނެ،

       ވަޒީރު 

މީގެ އިތުރުން، ހއ. ކެލާގެ ލިލީ ހައުސް ތަރައްޤީކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިދިޔަ މަހު ވުޒާރާގެ ޓީމަކުން އެރަށަށް ޒިޔާރާތްކޮށް އިވެލުއޭޝަން ހަދާފައިވާ ކަމަށާއި، މިއަހަރުގެ ތެރޭގައި އެ މަޝްރޫއުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ކުރާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، މިއަހަރުގެ ޖަނަވަރީ މަހު ހުށަހެޅި ނޮމިނޭޝަން ފައިލް ޔުނެސްކޯއިން ބަލައިގެންފައިވާ ކަމަށެވެ. އަދި މި ތަންތަން އިވެލުއޭޓް ކުރުމަށް ޔުނެސްކޯގެ ޚާއްސަ ޓީމެއް އަންނަ ސެޕްޓެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ސ

ސައްލާ

01/07/2026 11:10

ފަރުދހުނ ލޮގޮ ާދސ ބޔ ﷲަރުދހުނ ޚަބަރު 18 އަތޮޅެއްގެ އާސާރީ ތަންތަން ކިތާބުކޮށް ނިމިއްޖެ، މުޅި ރާއްޖޭގެ މަސައްކަތް ޖުލައި މަހަށް ނިމޭނެ: ވަޒީރު ހީނާ 18 އަތޮޅެއްގެ އާސާރީ ތަންތަން ކިތާބުކޮށް ނިމިއްޖެ، މުޅި ރާއްޖޭގެ މަސައްކަތް ޖުލައި މަހަށް ނިމޭނެ: ވަޒީރު ހީނާ ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ފޮޓޯ: މަޖިލިސް އާމިނަތު ޔުމްނާ އާމިނަތު ޔުމްނާ 01 ޖުލައި 2026، 10:23 ރާއްޖޭގެ 18 އަތޮޅެއްގައި ހުރި އާސާރީ ތަންތަން ދިރާސާކޮށް، އެ ތަންތަނުގެ މައު

އ

އަމާން

01/07/2026 11:14

ފަރުދހުނ ލޮގޮ ާދސ ބޔ ﷲަރުދހުނ ޚަބަރު 18 އަތޮޅެއްގެ އާސާރީ ތަންތަން ކިތާބުކޮށް ނިމިއްޖެ، މުޅި ރާއްޖޭގެ މަސައްކަތް ޖުލައި މަހަށް ނިމޭނެ: ވަޒީރު ހީނާ 18 އަތޮޅެއްގެ އާސާރީ ތަންތަން ކިތާބުކޮށް ނިމިއްޖެ، މުޅި ރާއްޖޭގެ މަސައްކަތް ޖުލައި މަހަށް ނިމޭނެ: ވަޒީރު ހީނާ ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ފޮޓޯ: މަޖިލިސް އާމިނަތު ޔުމްނާ އާމިނަތު ޔުމްނާ 01 ޖުލައި 2026، 10:23 މިވެސް ހަމަޢަޖާއިބެކެވެ. އެތައް ވެރިކަމެއް ދާއިރު ވެސް ކިތާބު ނުނިމެއެވެ؟!