ޚަބަރު
ސްޓެލްކޯގެ "ޗާލު ވެށި - މަގޭ ޒިންމާ" ޙަރަކާތް ފެށިއްޖެ

"ޗާލު ވެށި - މަގޭ ޒިންމާ" ޙަރަކާތް ފޮޓޯ ސްޓެލްކޯ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ރާވައިގެން ކުރިއަށްގެންދާ "ޗާލު ވެށި - މަގޭ ޒިންމާ" ޙަރަކާތް މިއަދު ވަނީ ރަސްމީކޮށް ފަށައިފައެވެ. މި ޙަރަކާތުގެ ދަށުން ކުންފުނީގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، އެ ތަންތަން ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މި ޙަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމާއި، މާލެ ސިޓީގެ މޭޔަރ އަލްފާޟިލް އާދަމް ޢާޒިމް އަދި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޙުސައިން ފަހުމީއެވެ.
ސްޓެލްކޯގެ މުވައްޒަފުން ބައިވެރިވާ މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ކުންފުނީގެ ވަސީލަތްތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއި، މާޙައުލު ރީތިކޮށް ބެލެހެއްޓުމުގެ މުހިންމުކަން ހާމަކޮށްދިނުމެވެ. މީގެ އިތުރުން، މި ޙަރަކާތުގެ ސަބަބުން ކަރަންޓު ވިއުގައިގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ބެލެވެއެވެ.
މި ކުންފުނީގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، ސަބް ސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރުމަށް ކުންފުނީގެ މުވައްޒަފުން ހިންގާ 'ޗާލު ވެށި – މަގޭ ޒިންމާ' ޙަރަކާތް މިއަދު ވަނީ ފަށާފައި. މި… pic.twitter.com/4BofzfZCYu
— STELCO (@STELCOMALDIVES) November 30, 2024