Ads by Farudhun

ޚަބަރު

ސަލްޓަން ޕާކުގައި އީ-ސްޕޯޓްސް އޭރިއާއެއް ހެދުމަށް ބަޔަކު ހޯދަނީ

ސަލްޓަން ޕާކުގައި އީ-ސްޕޯޓްސް އޭރިއާއެއް ހެދުމަށް ބަޔަކު ހޯދަނީ

ސަލްޓަންޕާކް ފޮޓޯ:އެޑިޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ޖުލައި 2026، 10:50

01 ޖުލައި 2026، 10:50

މާލޭގެ ސަލްޓަން ޕާކުގައި އީ-ސްޕޯޓްސް އޭރިއާއެއް ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އިއްޔެ އިޢުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، މި މަސައްކަތަށް ބަޔަކު ހޯދަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ އެދުމުގެ މަތިންނެވެ. މި މަޝްރޫއުގެ ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" އާއި، ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކުގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ "ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އަށް އަމަލުކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ބީލަމާ ގުޅޭގޮތުން ބާއްވާ ޕްރީ-ބިޑް ބައްދަލުވުން އޮންނާނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށެވެ. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ.

ސަލްޓަން ޕާކު އަލުން ތަރައްގީ ކުރުމުގެ މަސައްކަތަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އެ ތަން ބަންދުކޮށްފައި އޮތުމަށްފަހު، މިއަހަރުގެ ކުޑަ އީދު ދުވަހު ވަނީ އަލުން ހުޅުވާފައެވެ. ނަމަވެސް ބައެއް މަސައްކަތްތައް މުޅިން ނުނިމޭތީ މިހާރުވެސް ވަކި ވަގުތުތަކެއްގައި ޕާކު ބަންދުކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، ސަލްޓަން ޕާކު އަލުން ތަރައްގީ ކުރާނީ އެތަނުގެ ފެހިކަން ދަމަހައްޓައި، ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ހިތްހަމަޖެހުން ލިބޭނެ ފަދަ ގޮތަކަށް ކަމަށެވެ. އެގޮތުން އެއް ގަހުން އަނެއް ގަހަށް ދެވޭނެ އިންތިޒާމުތަކާއެކު ޒަމާނީ ވަސީލަތްތައް އެތަނުގައި ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450