ދުނިޔެ

ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން 6 ދުވަސް ފަހުން ކުޑަކުއްޖަކު ސަލާމަތްކޮށްފި

ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން 6 ދުވަސް ފަހުން ކުޑަކުއްޖަކު ސަލާމަތްކޮށްފި

ވެނިޒުއޭލާގެ ބިންހެލުމުގައި ވެއްޓުނު އިމާރާތް ތަކުގެ ދަށުން ސަލާމަތްކުރި ކުޑަކުއްޖާ ފޮޓޯ: އޭބީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ޖުލައި 2026، 10:58

01 ޖުލައި 2026، 10:58

ވެނެޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކުގައި ސުންނާފަތިވި އިމާރާތްތަކުގެ ދަށުގައި ތާށިވެފައި އޮތް ތިން އަހަރުގެ ކުޑ ފިރިހެން ކުއްޖަކު، ހަ ދުވަސް ފަހުން ދިރިހުއްޓާ ސަލާމަތްކޮށްފިއެވެ.

އުރުދުންގެ ރެސްކިއު ޓީމަކުން ސަލާމަތްކުރި މި ކުއްޖާއަކީ ކްލީބާ މޮރާން އެވެ. ލާ ގުއައިރާ ސްޓޭޓްގެ އިމާރާތެއްގެ ދަށުން މި ކުއްޖާ ނެރުނު ވަގުތު، އެ ސަރަހައްދުގައި ހަރަކާތްތެރިވި މީހުން އުފަލުން އަޑުގަދަކޮށް ހަޅޭއްލަވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ އާންމުވެފައެވެ. ވެނެޒުއޭލާގެ އިންތިގާލީ ރައީސްގެ އިތުރުން އެގައުމުގެ އިސްވެރިޔާ ޑެލްސީ ރޮޑްރިގޭޒް ވަނީ މި ހާދިސާއަކީ އުންމީދުން ފުރިގެންވާ ވަގުތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އުރުދުންގެ ސިވިލް ޑިފެންސްއިން ބުނި ގޮތުގައި ކްލީބާ އަށް ފުރަތަމަ އެހީ ދިނުމަށްފަހު މިހާރު ވަނީ ވެރިރަށް ކަރަކަަސްގެ ހޮސްޕިޓަލަކަށް ބަދަލުކޮށްފައެވެ. އަދި އެ ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެނެޒުއޭލާގެ އެސެމްބްލީގެ ރައީސް ޖޯޖް ރޮޑްރިގޭޒް ވިދާޅުވިއެވެ. އާންމުގޮތެއްގައި ބިންހެލުންތަކަށްފަހު މީހުން ދިރިތިއްބާ ފެނުމުގެ ފުރުސަތު ބޮޑީ ފުރަތަމަ ތިން ދުވަހު ކަމަށްވީ ނަމަވެސް، ހަ ދުވަސް ފަހުން މި ކުއްޖާ ފެނުމަކީ ކާމިޔާބީއެކެވެ.

މިދިޔަ ހަފުތާގައި 7.2 އާއި 7.5 ގެ ބާރުމިނުގައި އައި ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1,943 އަށް އަރާފައެވެ. އަދި 10,000 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު، އެތައް ހާސް ބަޔަކު އަދިވެސް ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ނާސާގެ ސެޓެލައިޓް މައުލޫމާތުން ދައްކާ ގޮތުގައި މި ބިންހެލުމުގައި ގާތްގަނޑަކަށް 58,870 އިމާރާތަށް ވަނީ ގެއްލުންވެ ނުވަތަ ސުންނާފަތިވެފައެވެ.

އދ. އިން އިންޒާރު ދީފައިވާ ގޮތުގައި އެތައް ހާސް ބަޔަކަށް މިހާރު ވަނީ ކާބޯތަކެއްޗާއި ބޯހިޔާވަހިކަމުގެ ބޮޑު ދަތިކަމެއް ކުރިމަތިވެފައެވެ. ޚާއްޞަކޮށް ލާ ގުއައިރާ ސަރަހައްދުގައި އަސާސީ ޚިދުމަތްތައް މެދުކެނޑި، މުއާސަލާތީ ގުޅުންތައް ވަނީ ކެނޑިފައެވެ. އދ. ގެ ރެފިއުޖީ އެޖެންސީ އިން ބުނީ އެހީ ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން އާންމުންގެ މެދުގައި ނުތަނަވަސްކަން އިތުރުވަމުންދާ ކަމަށެވެ.ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނި ގޮތުގައި އެގައުމުގެ ސިއްހީ ނިޒާމަށް ވަނީ ނުތަކާވަރުގެ ބާރުބޮޑުވެފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450