Ads by Exprox

ޚަބަރު

ވިޔަފާރިވެރިންނާ ޚިދްމަތްދޭ ފަރާތްތަކާ ގުޅުވައިދޭ "ޓްރޭޑިއަން" ޕްލެޓްފޯމް އިފްތިތާޙްކުރައްވައިފި!

ވިޔަފާރިވެރިންނާ ޚިދްމަތްދޭ  ފަރާތްތަކާ ގުޅުވައިދޭ "ޓްރޭޑިއަން" ޕްލެޓްފޯމް އިފްތިތާޙްކުރައްވައިފި!

"ޓެރޭޑިއަން" އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ސެޕްޓެމްބަރު 2024، 11:24

03 ސެޕްޓެމްބަރު 2024، 11:24

ވިޔަފާރިވެރިންނާ ޚިދުމަތްދޭ އިދާރާތަކާ ގުޅުވައިދޭ ޕްލެޓްފޯމު "ޓްރޭޑިއަން" ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އިފްތިތާޙު ކޮށްދެއްވައިފިއެވެ. 

އެމަނިކުފާނު މި ޕްލެޓްފޯމު އިފްތިތާޙް ކޮށްދެއްވީ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތައް ރަސްމީގޮތުން އިފްތިތާޙްކުރުމަށް މިއަދު ހެނދުނު ޖެން މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައެވެ.

 ނައިބު ރައީސް މިއަދު އިފްތިތާޙުކޮށްދެއްވި ޕޯޓަލްގެ ދަށުން ރާއްޖޭގައި ވިޔަފާރިތަކަށް ހުއްދަތައް ދިނުމުގައި ހަރަކާތްތެރިވާ އިދާރާތައް ގުޅިގެން އެއް ޕޯޓަލެއްގެ ދަށުން ފަސޭހަކަމާއި އަދި އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށްދެއްވޭނެ މަގުފަހިވެގެންދާނެއެވެ.

 މިއީ ސަރުކާރުން ވިޔަފާރިއަށް ފަހި މާހައުލެއް ރާއްޖޭގައި ޤާއިމުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ގާއިމުކުރި ޕޯޓަލެކެވެ. މި ޕްލެޓްފޯމުގެ ބޭނުން ރަސްމީގޮތުން ކުރަން ފެށުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ފަހުކޮޅުގައެވެ.

ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނާއި އަދި ކަމާގުޅޭ އިދާރާތައް ގުޅިގެން ހިންގާ މަޝްރޫއެކެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco