ވިޔަފާރި / ޚަބަރު

ސުކޫކް އަނބުރާ ދެއްކުމަކީ ރާއްޖޭގެ މާލީ ހާލަތަށް އޮތް އިތުބާރު ބޮޑުވެގެންދިޔަ ކަމެއް: މާލީ ވަޒީރު

ސުކޫކް އަނބުރާ ދެއްކުމަކީ ރާއްޖޭގެ މާލީ ހާލަތަށް އޮތް އިތުބާރު ބޮޑުވެގެންދިޔަ ކަމެއް: މާލީ ވަޒީރު

"މޯލްޑިވްސް ފައިނޭންޝިއަލް ސެކްޓަރ އެވޯޑްސް" ހަފްލާގެ ތެރެއިން. ފޮޓޯ: މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

02 ޖުލައި 2026، 12:08

02 ޖުލައި 2026، 12:08

ދައުލަތުން ދޫކޮށްފައިވާ ސޮވެރިން ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމަކީ، އިންވެސްޓަރުންނާއި، ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ރާއްޖެއަށް ކުރަމުންދާ އިތުބާރު ވަރުގަދަވުމަށް މަގުފަހިވެގެން ދިޔަ ކަމެއް ކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. 

ވަޒީރު މިގޮތަށް ވިދާޅުވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އިންތިޒާމުކޮށްގެން ބޭއްވި "މޯލްޑިވްސް ފައިނޭންޝިއަލް ސެކްޓަރ އެވޯޑްސް" ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ. ސުކޫކް އަނބުރާ ދެއްކުނީ ދުރާލައި ރޭވުނު މާލީ ރޭވުންތަކާއި ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮތް ބަދަހި އެއްބާރުލުމުގެ ސަބަބުންކަން ވަޒީރު މި ހަފްލާގައި ފާހަގަކުރެއްވިއެވެ.

އަދި ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމަކީ ހިކުމަތްތެރިކަމާއެކު ރޭވުންތައް ރާވައި، މާލީ އިދާރާތަކުގެ މެދުގައި ބަދަހި ގުޅުމެއް ބާއްވައި ރާއްޖެއަށް އެންމެ ފައިދާހުރި ނިންމުން ނިންމުމުގެ ނަތީޖާކަން ފާހަގަކުރައްވާ ވަޒީރު އިތުރަށް ވިދާޅުވީ،  ސުކޫކް ދެއްކުމާއެކު އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރި މިންވަރު ދަށްވެފައިވާ ކަމަށެވެ. އަދި އެ އަދަދު ދަނީ ދުވަހުން ދުވަހަށް ކުޑަވަމުން ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން ކުރިއަށްވުރެ ރަނގަޅުވެފައިވާ ކަން ފާހަގަކުރައްވައި، މިއީ އިންވެސްޓަރުންނާއި ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކުގެ އިތުބާރު ރާއްޖެއަށް އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއާއެކު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ދަށްކުރެވިފައިވާ ކަމާއި،  ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިންގ މިވަނީ ކުރީގެ ޙާލަތަށް ރުޖޫއަކުރެވިފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަސައްކަތުގައި އެމް.އެމް.އޭ އިން ސަރުކާރަށް ދިން އެއްބާރުލުން ފާހަގަކުރައްވާ މި ކާމިޔާބީ ހާސިލުކުރުމުގައި އެމް.އެމް.އޭ އިން އަދާކުރި ދައުރަކީ ވަރަށް މުހިންމު ދައުރެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން، އިގްތިސާދީ ބިންގާ ވަރުގަދަކުރުމަށާއި، މާލީ ވައުދުތައް ފުއްދުމަށްޓަކައި އެމް.އެމް.އޭ އާއި އެހެނިހެން ކަމާބެހޭ ފަރާތްތަކާއެކު ސަރުކާރުން މަސައްކަތް ކުރަމުންދާނެކަމުގެ ޔަގީންކަން ދެއްވިއެވެ. 

"މޯލްޑިވްސް ފައިނޭންޝިއަލް ސެކްޓަރ އެވޯޑްސް" ގެ ނަމުގައި އެމްއެމްއޭއިންދޭ މި އެވޯޑުތަކަކީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް، އިތުބާރު ހިފޭ ޒަމާނީ ދާއިރާއަކަށް ހެދުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ފަރާތްތަކަށް އަރުވާފައިވާ އެވޯޑެކެވެ. އަދި މިއީ އެމްއެމްއޭގެ ގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މުޅިން އަލަށް ދޭންފެށި އެވޯޑުތަކެކެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450