Ads by Farudhun

ޚަބަރު

15،00 ރުފިޔާގެ އިނާމަކާއެކު މަޖީދިއްޔާ ސްކޫލުގެ 100 ވަނަ އަހަރީ ލޯގޯ ފަރުމާކުރުމުގެ މުބާރާތެއް

15،00 ރުފިޔާގެ އިނާމަކާއެކު މަޖީދިއްޔާ ސްކޫލުގެ 100 ވަނަ އަހަރީ ލޯގޯ ފަރުމާކުރުމުގެ މުބާރާތެއް

މަޖީދިއްޔާ ސްކޫލް. ފޮޓޯ: އިންޓަނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

02 ޖުލައި 2026، 02:07

02 ޖުލައި 2026، 02:07

މަޖީދިއްޔާ ސްކޫލާށް 100 އަހަރުފުރުން ފަހަގަކުރުމުގެ ގޮތުން، އެ  ސުކޫލުގެ އެހާރާއި މިހާރުގެ ދަރިވަރުންނަށް ހުޅުވާލައިގެން ރަސްމީ ލޯގޯ ފަރުމާކުރުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިއީ މަޖީދިއްޔާ ސްކޫލާއި އެ ސްކޫލުގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ (އެމްއެމްޑީޖޭ) ގުޅިގެން ކުރިއަށްގެންދާ  މި މުބާރާތަށް ލޯގޯ ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި ހިނގާ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ބައިވެރިންނަށް އެއް ލޯގޯއަށް ވުރެ ގިނައިން ލޯގޯ ހުށައެޅޭނެއެވެ. އަދި ބޭނުން ނަމަ ޓީމެއްގެ ގޮތުގައި ވެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

ފަރުމާކުރާ ލޯގޯގައި، އެ ސުކޫލުގެ ކުލަތައް ކަމަށްވާ ރަތް، ފެހި އަދި ހުދު ކުލަ ހިމެނުމާއި، 2027-1927 މި ތާރީޚު ހިމަނަންޖެހެއެވެ. އަދި މިއީ ތަފާތު ވަސީލަތްތަކުގައި ބޭނުންކުރަން އެކަށޭނަ ފަރުމާއަކަށް ވާންޖެހެއެވެ. 

 ލޯގޯތަކަށް އިންސާފުކުރާނީ މިނިވަން ފަނޑިޔާރުންގެ ޕެނަލަކުން ކަމަށްވާއިރު، އެންމެ ބޮޑު އިސްކަމެއް ދީގެން ބަލާނީ ލޯގޯގެ އުފެއްދުންތެރިކަމަށާއި އެ ފަރުމާ 100 އަހަރުގެ ޝިއާރާ ގުޅޭ މިންވަރަށެވެ. 

މި މުބާރާތުގައި ބައިވެރިވުމަށް އެ ކަމަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް ލޯގޯ ހުށައެޅޭއިރު، މި ލޯގޯ ޑިޒައިންއަކީ އެއްވެސް ވަރަކަށް ކޮޕީ ކޮށްފައިވާ ޑިޒައިނެއްކަން ފާހަގަކުރެވިއްޖެ ނަމަ، އަދި އޭގައި ހުންނަންޖެހޭ ކަމެއް މަދުވެފައި ވާނަމަ، އެ ލޯގޯ ޑިސްކޮލިފައިވާނެއެވެ. އަދި އެއްވެސް ވަރަކަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.



މި މުބާރާތުގެ 1 ވަނަ އަށް ހޮވޭ ފަރަތަކަށް 15،000 ރުފިޔާ ލިބިގެންދާއިރު، މުބާރާތުގައި، ބައިވެރިވާ ކޮންމެ ފަރާތަކަށް ސެޓްފިކެޓެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450