ދުނިޔެ

ޚާމަނާއީގެ ރަސްމީކޮށް ބާއްވާ ޖަނާޒާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ގޮވާލައްވައިފި

ޚާމަނާއީގެ ރަސްމީކޮށް ބާއްވާ ޖަނާޒާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ގޮވާލައްވައިފި

އިރާނުގެ ރޫހާނީ ލީޑަރު ހާމަނާއީ އަވަހާރުވުމާއިގުޅިގެން ބާއްވާ ޖަނާޒާ - ފޮޓޯ: އަލްޖަޒީރާ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

02 ޖުލައި 2026، 03:06

02 ޖުލައި 2026، 03:06

އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، ރަސްމޯކޮށް ބާއްވާ އެމަނިކުފާނުގެ ޖަނާޒާގެ ރަސްމިއްޔާތުތަކުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރް ގާލީބާފް ގޮވާލައްވައިފިއެވެ.

އަންނަ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޖަނާޒާގެ ރަސްމިއްޔާތާ ގުޅޭގޮތުން ގާލީބާފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އީރާނުގެ އެންމެހާ ރައްޔިތުން މި ރަސްމިއްޔާތުގައި ބައިވެރިވެ، އީރާނުގެ ތާރީޚުގައި ފަޚުރުވެރި ސަފުހާއެއް ލިޔުމަށް ދައުވަތު އަރުވާ ކަމަށެވެ. އަދި އީރާނުގެ ރައްޔިތުންގެ ބަދަލުހިފުމުގެ އަޑު މުޅި ދުނިޔެއަށް އިއްވަންޖެހޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އުމުރުފުޅުން 86 އަހަރުގެ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ތެހެރާންގައެވެ. އެމަނިކުފާނު އަވަހާރަކޮށްލާފައިވަނީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ފުރަތަމަ ދުވަހު ދިން ހަމަލާއެއްގައެވެ.

ޚާމަނާއީ އަކީ 1979 ވަނަ އަހަރު އީރާނަށް ގެނައި އިސްލާމީ އިންގިލާބުގެ ބާނީ އާޔަތުﷲ ރުހުﷲ ޚުމައިނީ އަވަހާރަވުމާ ގުޅިގެން، 1989 ވަނަ އަހަރުން ފެށިގެން އީރާނުގެ އެންމެ މަތީ ވެރިޔާގެ މަގާމު ފުރުއްވަމުން ގެންދެވި ބޭފުޅާއެވެ. އެމަނިކުފާނުގެ ވަކިވެދިޔުމަކީ އީރާނުގެ އިތުރުން މުޅި އިސްލާމީ އުންމަތަށް ލިބުނު ބޮޑު ހިތާމައެއްގެ ގޮތުގައި ދުނިޔޭގެ ގިނަ ބަޔަކު ދެކެއެވެ.

ތެހެރާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބޮޑު ޖަނާޒާގައި އީރާނުގެ އެކި ކަންކޮޅުތަކުން މިލިއަނުން މީހުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ. މި ރަސްމިއްޔާތަކީ އީރާނުގެ ދީނީ އަދި ސިޔާސީ ގޮތުން ފަހުގެ ތާރީޚެއްގައި ބޭއްވޭނެ އެންމެ ބޮޑު އެއްވުމަށް ވެގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450