Ads by Farudhun

ޚަބަރު

ބެލަރޫސްގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ބެލަރޫސްގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ދިވެހިރާއްޖެއާއި ބެލަރޫސްގެ ދިދަ. ފޮޓޯ: އިންޓްނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

04 ޖުލައި 2026، 11:01

04 ޖުލައި 2026، 11:01

ބެލަރޫސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. 

ބެލަރޫސްގެ ޚާރިޖީ ވަޒީރު ހިސް އެކްސެލެންސީ މަކްސިމް ރައިޒެންކޯވްއަށް ވަޒީރު ފޮނުއްވި ޚާއްޞަ މެސެޖުގައި ވަޒީރު ވިދާޅުވީ، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި ވަޒީރުގެ އަމިއްލަ ނަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، ބެލަރޫސްގެ ސަރުކާރަށާއި ރައްޔިތުންނަށް،  ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ. 

އަދި ހަމަ އެހެންމެ، ބެލަރޫސްގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދި، އެ ޤައުމުގެ ޚާރިޖީ ވަޒީރަށް ހެޔޮ އެދުންތައް އަރިސްކުރައްވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.



ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ބެލަރޫސްގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާ، އެކަން ޔަޤީންކޮށް އެރުވުމަށްފަހުއެވެ.

 ރާއްޖެއާއި ބެލަރޫސްއާއި ދެމެދު ޑިޕްލޮމެޓިކް ގުޅުމެއް ޤާއިމުވެގެން ގޮސްފައިވަނީ 1993 ވަނަ އަހަރުކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450