Ads by Farudhun

ޚަބަރު

ވޭތުވެދިޔަ ހަފްތާ ތެރޭގައި ކޯސްޓްގާޑުން 64 މެޑިކަލް އިވެކުއޭޝަން ކުރިއަށް ގެންގޮސްފި

ވޭތުވެދިޔަ ހަފްތާ ތެރޭގައި ކޯސްޓްގާޑުން 64 މެޑިކަލް އިވެކުއޭޝަން ކުރިއަށް ގެންގޮސްފި

ކޯސްޓްދާޑް. ފޮޓޯ: އިންޓަނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

04 ޖުލައި 2026، 11:38

04 ޖުލައި 2026، 11:38

 މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކޯސްޓްގާޑުން ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ބަލިމީހުން އުފުލުމުގެ 64 އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އެ އިދާރާއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 25 ޖޫން 2026 އިން 2 ޖުލައި 2026 އަށް ކުރިއަށްދިޔަ މި އޮޕަރޭޝަންތަކަކީ ރާއްޖޭގެ އެކި ރަށްރަށުގައި ސިއްހީ އަވަސް ފަރުވާ ބޭނުންވާ މީހުން އެ ފަރުވާތައް ލިބޭނޭ މަރުކަޒުތަކަށް ގެންދިއުމަށް ކުރެވުނު މަސައްކަތްތަކެވެ.

މި އޮޕަރޭޝަންތައް ކޯސްޓްގާޑުގެ އެކި ސްކޮޑްރަންތަކުން ބަހާލެވިފައިވާ ގޮތަކީ: 

  • ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން: 36 މެޑިކަލް އިވެކުއޭޝަން
  • ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން: 02 މެޑިކަލް އިވެކުއޭޝަން
  • ކޯސްޓްގާޑް ތާރޑް ސްކޮޑްރަން: 12 މެޑިކަލް އިވެކުއޭޝަން
  • ކޯސްޓްގާޑް ފޯތު ސްކޮޑްރަން: 14 މެޑިކަލް އިވެކުއޭޝަން
  • ސީ އެމްބިއުލަންސް E954 : 0 މެޑިކަލް އިވެކުއޭޝަން

މި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނަ އޮޕަރޭޝަންތައް ހިންގާފައިވަނީ ފަސްޓް ސްކޮޑްރަންއިންނެވެ. ދެން އެންމެ ގިނަ އޮޕަރޭޝަންތައް ހިންގާފައިވަނީ ފޯތު ސްކޮޑްރަންއިންނެވެ.



ބަލިމީހުން އުފުލުމަކީ އެމްއެންޑީއެފްއިން ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ އެންމެ މުހިންމު އެއް ހިދުމަތަށް ވާއިރު، މީގެ ސަބަބުން ސިއްހީ ފަރުވާ ބޭނުންވާ ބަލިމީހުންނަށް އެކަށީގެންވާ ފަރުވާ ލިބޭނެ ހޮސްޕިޓަލްތަކަށް އަވަހަށް ވާސިލްވުމަށް މަގުފަހިވެގެންދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450