Ads by Exprox

ޚަބަރު

ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ޢަމަލުކުރަން ފަށާނީ 3 މަސްފަހުން: ބަންޑާރަ ނައިބު

ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ޢަމަލުކުރަން ފަށާނީ 3 މަސްފަހުން: ބަންޑާރަ ނައިބު

ބަންޑާރަ ނައިބު އަހްމަދު އުޝާމް. ފޮޓޯ:ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ސެޕްޓެމްބަރު 2024، 11:29

03 ސެޕްޓެމްބަރު 2024، 11:29

ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ޢަމަލުކުރަން ފަށާނީ ތިން މަސްފަހުން ކަމަށް ބަންޑާރަ ނައިބު އަލްއުސްތާޒް އަޙްމަދް އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބަަންޑާރަ ނައިބު އުޝާމް ވިދާޅުވީ ޤާނޫނަށް ޢަމަލުކުރަން ފަށާތާ ތިން މަސް ތެރޭގައި، ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާތައް ކެބިނެޓްގެ ލަފައާއި އެކު އިޤްތިޞާދީ ވުޒާރާއިން ކަނޑައަޅުއްވަން ޖެހޭނެ ކަމަށެވެ.

މިހާރު ރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި ފަރާތްތަކާއި މެދު ޢަމަލު ކުރާނެ ގޮތް ޤާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެކަމަށާއި، މުއްދަތުތައް ކަނޑައަޅައި އެ މުއްދަތުތަކުގެ ތެރޭގައި ވުޒާރާއިން އައު ކުރަން ޖެހޭ ހުއްދަތައް އައު ކުރެވިގެންދާނެ ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.

މި ޤާނޫނު މިއަދު ތަސްދީޤް ކުރެއްވިނަމަވެސް، މިޤާނޫނަށް ޢަމަލުކުރަން ފަށާނީ ތިން މަސް ދުވަސްފަހުން، ޤާނޫނަށް ޢަމަލުކުރަން ފަށާތާ 3 މަސް ދުވަހުގެ ތެރޭގައި ކެބިނެޓްގެ ލަފައާއި އެކީގައި ވަޒީރުން ކަނޑައަޅުއްވަން ވާނެ ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާތަކަކީ ކޮބައިކަން - ބަންޑާރަ ނައިބު އުޝާމް ވިދާޅުވިއެވެ.

ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާތައް ކަނޑައަޅާއިރު، މިހާރު އިންވެސްޓް ކުރާ ފަރާތަކީ އެ ދާއިރާއާއި ގުޅޭ ގޮތުން އިންވެސްޓް ކުރާ ފަރާތަކަށް ނުވާނަމަ، އެ ފަރާތްތަކާއި މެދު ޢަމަލު ކުރެވޭނެ ގޮތްތައްވެސް އައު ޤާނޫނުގައި ބަޔާންކޮށްފައިވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން މިކަމާ ގުޅިގެން ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ ފޮރިން އިންވެސްޓްމަންޓް އައު ޤާނޫނާ ބެހޭގޮތުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ، މީގެ ކުރިން ލިބިފައިނެތް ނެތް ޔަގީންކަން މިފަހަރުގެ ފޮރިން އިންވެސްޓްމަންޓް ޤާނޫނުން ލިބޭނެކަމަށެވެ.

އުޝާމް ވިދާޅުވީ، ކުރީގެ ހާލަތާއި ބަލާއިރު އޭރުގައި ހަދާފައިވާ ފޮރިން އިންވެސްޓްމަންޓް ޤާނޫނަކީ ރަނގަޅު ޤާނޫނަކަށްވި ނަމަވެސް، އެ ޤާނޫނަކީ މިހާރު ރާއްޖެއަށް އިންވެސްޓް ކުރަން އަންނަން ބޭނުންވާ ފަރާތްތަކަށް ލިބިދޭން ޖެހޭ ހައްގުތަކާއި ރައްކާތެރިކަމަށް ބަލާއިރު އެންމެ ރަނގަޅު ޤާނޫނެއް ނޫން ކަމަށެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco