Ads by Farudhun

ޚަބަރު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލުނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލުނެރެފި

ވިއްސާރަ ދުވަހެއް-

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

04 ޖުލައި 2026، 12:44

04 ޖުލައި 2026، 12:44

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލުނެރެފިއެވެ. 

މޫސުމާ ބެހޭ އިދާރާއިން، ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމައަށެވެ.

އެގޮތުން، މިއަދު މެންދުރު 12:00 އިން ފެށިގެން، ހަވީރު 17:00 އާހަމައަށް، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، މި ވަގުތުތަކުގައި ކަނޑުތައް ވެސް ގަދަވާނެކަމަށް މެޓުން ބުނެއެވެ. 



މޫސުން ގޯސްވުމުގެ ސަބަބުން، އެ ސަރަހައްދުތަކުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެއެވެ. މޫސުމާ ބެހޭ މަޢުލޫމާތު ފުރިހަމައަށް ހޯދައިގެންދިއުމަށް ސަމާލުކަންދެންޖެހޭއިރު، މުވާސަލާތީ ވަސީލަތްތަކާއި ސަލާމަތާ ތައްކާތެރިކަމުގެ ވަސީލަތްތައް ހަމަކޮށްގެން ކަނޑުމައްޗަށް އެރުމަށް ސަމާލުކަން ބަހައްޓަންޖެހެއެވެ.

ރާއްޖޭގެ އެހެން ހިސާބުތަކަށް މޫސުން އާއްމުގޮތެއްގައި ރަނގަޅެވެ. ނަމަވެސް އުތުރާ ދެކުނުގެ ބައެއް ރަށްތަކަށް ކޮންމެވެސްވަރަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓުން ވިދާޅުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450