ކުޅިވަރު

ވޯލްޑް ކަޕުގެ ގަދަ 16 ގެ އެންމެ ފަހު ޖާގަ ކޮލަމްބިއާއަށް

ވޯލްޑް ކަޕުގެ ގަދަ 16 ގެ އެންމެ ފަހު ޖާގަ ކޮލަމްބިއާއަށް

ގާނާ އާއި ކޮލަމްބިއާގެ މެޗުގެ ތެރެއިން. ފޮޓޯ: ދަ ގާޑިއަން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

04 ޖުލައި 2026، 05:05

04 ޖުލައި 2026، 05:05

އެމެރިކާގައި މިހާރު ކުޅެމުންދާ ފީފާ ވޯލްޑް ކަޕުގެ ގަދަ 32 ޤައުމުގެ މެދުގައި ކުޅެވުނު އެންމެފަހު މެޗު ކޮލަމްބިއާއިން ކާމިޔާބުކޮށްފިއެވެ. 

ގާނާ އާއި ވާދަކޮށް ކުޅުނު މި މެޗު ކޮލަމްބިޔާއިން ކާމިޔާބުކޮށްފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ. 

މެޗުގެ ފުރަތަމަ ހާފުގައި ވެސް ކޮލަމްބިއާއިން ދިޔައީ ގާނާގެ ޑިފެންސަށް ނުރައްކާކުރަމުންނެވެ. އެގޮތުން މެޗުގައި ފެނުނު ހަމައެކަނި ލަނޑު ޖަހާފައިވަނީ މެޗުގެ 14 ވަނަ މިނެޓުގައި ކޮލަމްބިއާގެ ޖޯން އަރިއާސްއެވެ. މިއީ، ޖޯން ކޯޑޯބާއަށް އަނިޔާވުމާއި ގުޅިގެން މެޗުގެ 8 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ލުއިސް ސުއަރެޒް  ނަގައިދިން ހުރަސް، އޭރިޔާ ތެރޭގައި ހުރެ ގޯލާ އަމާޒުކޮށް ފޮނުވާލައިގެން އޭނާ ޖެހި ގޯލެކެވެ.

މި މެޗުގައި ގިނަވަގުތު ބޯޅަ  ހިފަހައްޓައިގެން ކުޅެފައިވަނީ ކޮލްމްބިއާއިންނެވެ. އެ ޓީމުން ގޯލާއި އަމާޒުކޮށް ނުރައްކާތެރި އެތައް ހަމަލާއެއް ފޮނުވާލާފައިވާއިރު، ގޯލާ އަމާޒުކޮށް 8 ހަމަލާ ފޮނުވާލާފައިވެއެވެ. މީގެ ތެރެއިން ގިނަ ހަމަލާތަކެއް ގާނާގެ ގޯލް ކީޕަރު ވަނީ ދިފާއުކޮށްފައެވެ. އެގޮތުން، ލުއިސް ޑިއާޒް މެޗުގެ 58 ވަނަ މިނެޓުގައި ފޮނުވާލި ހަމަލާ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. އޭގެ ކުރިން ލުއިސް ޑިއާޒް ލަނޑެއް ވެސް ޖެހިއެވެ. ނަމަވެސް އެ ލަނޑުވެގެންގޮސްފައިވަނީ އޮފްސައިޑް ލަނޑަކަށެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެގެންދިޔައިރު ވެސް ގާނާއަކަށް ގޯލާއި އަމާޒުކޮށް އެއްވެސް ހަމަލާއެއް ފޮނުވާލެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަމަ މިނެޓުގައި ގާނާގެ ތޯމަސް ޕާޓޭ ހަމަލާއެއް ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މެޗުން ބަލިވުމުގެ ސަބަބުން ގާނާ މިހާރުވަނީ ކަޓައިގެން ގޮސްފައެވެ.  ވޯލްޑް ކަޕުގެ 2 ބުރަށް އެ ޓީމުން ދަތުރުކުރީ ގްރޫޕް 'އެލް'ގެ 3 ވަނަ ޓީމުގެ ގޮތުގައެވެ. އަދި ގްރޫޕް ސްޓޭޖުގައި އެ ޓީމުން އިންގެރޭޗިވިލާތާއެކު ކުޅުނު މެޗުން އިންގެރޭސިން މޮޅުވިޔަ ނުދީ ހިފަހައްޓާލާފައިވާ ކަމީ ފާހަކޮށްލެވޭ އެއް ކަމެވެ.

ކޮލަމްބިއާއަށް ލިބުނު މި މޮޅާއެކީ އެ ޓީމުން ރައުންޑް އޮފް 16 ގައި ވާދަ ކުރަން ޖެހެނީ ސުވިޒަލޭންޑާއި ދެކޮޅަށެވެ. މި މެޗު ކުޅެވިގެންދާނީ މި މަހުގެ 7 ވަނަ ދުވަހުއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450