Ads by Exprox

ޚަބަރު

ފަތުރުވެރިކަމުގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ފަތުރުވެރިކަމުގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ރާއްޖޭގެ ރިސޯޓެއް. ފޮޓޯ: ފަތުރުވެރިކަމާ ބެހޭ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 ނޮވެމްބަރު 2024، 06:07

30 ނޮވެމްބަރު 2024، 06:07

ފަތުރުވެރިކަމުގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މިއީ މިއެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިހާރު އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 7 އާ ހަމަށް އޮންނާނެ ކަމަށެވެ.

އެވޯޑަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓުހައުސްތަކާއި، ސަފާރީތަކާއި، ޓްރެވެލް އެޖެންސީތަކަށެވެ. އެގޮތުން ފަސް ކެޓަގަރީއަކުން 23 އެވޯޑެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އެވޯޑަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އޮންލައިންކޮށެވެ.

އެވޯޑު ދިނުމުގައި ބަލާނީ ޖޫން 1، 2023 އިން މެއި 31، މޭ 2024 ގެ ނިޔަލަށްކޮށްފައިވާ މަސައްކަތްތަކަށެވެ.

ފަތުރުވެރިކަމުގެ އެވޯޑަށް ނަން ހުށަހަޅަން ދިން މުއްދަތު އެންމެ ފުރަތަމަ ހަމަވީ މިދިޔަ މަހުގެ 14 އަށެވެ. އޭގެ ފަހުން އެ މުއްދަތު މި މަހުގެ 28 އަށް އިތުރުކުރިއެވެ. 

ފަތުުރުވެރިކަމުގެ އެވޯޑަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރުވުމާ ގުޅިގެން 2022 ގައި ތަޢާރަފުކުރި އެވޯޑެކެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco