ދުނިޔެ

އީރާނުގެ ކުރީގެ ރޫހާނީ ލީޑަރުގެ ޖަނާޒާއަށް މިލިއަނުން މީހުން ތެހެރާނަށް:

އީރާނުގެ ކުރީގެ ރޫހާނީ ލީޑަރުގެ ޖަނާޒާއަށް މިލިއަނުން މީހުން ތެހެރާނަށް:

އަލްމަރުހޫމް ހާމަނާއީގެ ޖަނާޒާ އަށް ތައްޔާރީ - ފޮޓޯ: އެންޕީއާރ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

04 ޖުލައި 2026، 08:33

04 ޖުލައި 2026، 08:33

އެމެރިކާއާއި އިސްރާއީލުގެ ނިރުބަވެރިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ކުރީކޮޅު، އާއިލީ ބޭފުޅުންނާއެކު އަވަހާރަކޮށްލާފައިވާ އީރާނުގެ ރޫހާނީ ލީޑަރު އަލްމަރުހޫމް އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވުމަށް 10 މިލިއަނަށްވުރެ ގިނަ މީހުން އީރާނުގެ ވެރިރަށް ތެހެރާނަށް ޖަމާވަމުން އެބަދެއެވެ.

މި ޖަނާޒާގައި ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުން މަންދޫބުން ބައިވެރިވާނެ ކަމަށް ބެލެވޭއިރު، މިއީ ފަހުގެ ތާރީޚެއްގައި މެދުއިރުމަތީގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއަށް ވެގެންދާނެއެވެ. އަލްމަރުހޫމް ޚާމަނާއީ އަވަހާރަކޮށްލާފައިވަނީ އީރާނަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާތަކެއްގައެވެ.

މި ހަމަލާތަކާ ގުޅިގެން މުޅި ސަރަހައްދުގެ މަސްރަހު ނުތަނަވަސްވެފައިވާއިރު، އިސްރާއީލުގެ ޔަހޫދީން ދަނީ ލުުބުނާނުގެ ދެކުނުގެ އެކި ސަރަހައްދުތަކަށްވެސް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިސްރާއީލުގެ ޔަހޫދީން ބުނާ ގޮތުގައި މި ހަމަލާތަކަކީ ހިޒްބުﷲގެ އިންފްރާސްޓްރަކްޗަރާއި ހަނގުރާމަވެރިންނަށް އަމާޒުކޮށް ދޭ ހަމަލާތަކެކެވެ. ނަމަވެސް، މިއީ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް މިދިޔަ މަހު ލުބުނާނާއެކު އެއްބަސްވި ފްރޭމްވޯކް އެގްރީމަންޓާ ޚިލާފަށް ދެމުންދާ ހަމަލާތަކެއްކަން ފާހަގަކުރެވެއެވެ.

ލުބުނާނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މާޗް މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން އެގައުމަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 4,301 މީހުން ޝަހީދުވެ، 12,199 މީހުން ވަނީ ޒަޚަމްވެފައެވެ.

މީގެ އިތުރުން، އިސްރާއީލުގެ ޔަހޫދީ އިސްތިޢުމާރީ ބާރުތަކުން ހިސާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ފަލަސްތީނު ރައްޔިތުންނަށް ދޭ ހަމަލާތައްވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ތޫބާސް، ހެބްރޯން ކައިރީގައިވާ ސަރަހައްދުތައް، ބެތްލެހެމްގެ އިރުދެކުނު އަދި ރާމަﷲގެ އިރުއުތުރު ސަރަހައްދުތަކުގައި އިސްރާއީލު މީހުން ފަލަސްތީނު މީހުންނަށް އަމާޒުކޮށް ދަނީ އަނިޔާވެރި ހަމަލާތައް ދެމުންނެވެ.

މި ހާދިސާތަކާ ގުޅިގެން މުޅި މެދުއިރުމަތި ވަނީ ނުރައްކާތެރި ފައްތަރެއްގައެވެ. އީރާނުގެ ރޫހާނީ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން އެގައުމުން ބަދަލުހިފުމުގެ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު މިހާރުވެސް ވަނީ ދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450