Ads by Farudhun

ޚަބަރު

ނެޝެނަލް ކާޑިއެކް ސެންޓަރުގެ އައު ނަމާއި ލޯގޯ އިފްތިތާޙު ކޮށްފި

ނެޝެނަލް ކާޑިއެކް ސެންޓަރުގެ އައު ނަމާއި ލޯގޯ އިފްތިތާޙު ކޮށްފި

ނެޝެނަލް ކާޑިއެކް ސެންޓަރުގެ އައު ނަމާއި ލޯގޯ ފޮޓޯ:އައިޖީއެމްއެޗް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 ޖުލައި 2026، 01:11

05 ޖުލައި 2026، 01:11

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ރަސްމިއްޔާތެއް ބާއްވައި، އެ ސެންޓަރުގެ އައު ނަމާއި ލޯގޯ އިފްތިތާޙު ކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އައު ނަމާއި ލޯގޯ އިފްތިތާޙު ކޮށްދެއްވީވެސް އެކަމަނާއެވެ.

އައިޖީއެމްއެޗުގެ ނޭޝަނަލް ކާޑިއެކް ސެންޓަރުގައި ޚިދުމަތް ދޭން ފަށާފައިވަނީ 1 ޖުލައި 2016 ގައެވެ. މި ސެންޓަރަށް 10 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، މި ރަސްމިއްޔާތުގައި ވަނީ ރާއްޖޭގައި ހިތުގެ ބަލިތަކަށް ފަރުވާދޭ ޔުނިޓް އުފެދިގެން އައިގޮތާއި، ފާއިތުވި އަހަރުތަކުގެ ތެރޭގައި މި ޚިދުމަތް ފުޅާވެ ކުރިއަރާފައިވާ ގޮތުގެ މައްޗަށް އަލިއަޅުވާލާފައެވެ.

އައިޖީއެމްއެޗުން މަޢުލޫމާތު ދޭ ގޮތުގައި، ނެޝެނަލް ކާޑިއެކް ސެންޓަރުގައި މިހާރު 24 ގަޑިއިރު ޚިދުމަތް ދެމުންދެއެވެ. މީގެ ސަބަބުން ހިތުގެ ބަލި ހުންނަ މީހުންނަށް ކުއްލި ޙާލަތްތަކުގައި ވަގުތުން ފަރުވާ ދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އެ ސެންޓަރުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގޮސް، މިހާރު ސަރަޙައްދީ ފެންވަރުގައި ފަރުވާ ދެމުންދާކަންވެސް ހޮސްޕިޓަލުން ފާހަގަކުރެއެވެ.

އައިޖީއެމްއެޗުން އިތުރަށް ބުނީ، މި ސެންޓަރު ހުޅުވި ފަހުން ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ފުރައިގެންދާ މީހުންގެ ޢަދަދު ބޮޑުތަނުން ދަށްވެފައިވާ ކަމަށެވެ. ނަމަވެސް، އެ ސެންޓަރުން ޚިދުމަތް ހޯދާ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށްވެސް ހޮސްޕިޓަލުން ވިދާޅުވެއެވެ.

މިހާރު އެންސީސީން ދެމުންގެންދާ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި:

  • ޓްރެޑްމިލް ޓެސްޓް (ޓީއެމްޓީ) ހެދުން.
  • އީސީޖީ ހެދުން.
  • ޓްރާންސްއީސޮފޭގަލް އީކޯ ކާޑިއޮގްރާމް (ޓީއީއީ) ހެދުން.
  • އީކޯ ކާޑިއޯގްރާމް ޓެސްޓު ހެދުން ހިމެނެއެވެ.


މި ޚިދުމަތްތަކުގެ ސަބަބުން ހިތުގެ ހިނގުމާއި، މަސައްކަތް ކުރާ ގޮތް އަދި ލޭހޮޅިތަކުގެ ޙާލަތު ދެނެގަތުމަށް ބޭނުންވާ މުހިންމު ޓެސްޓުތައް ރާއްޖޭގައި ތިބެގެން ފަސޭހަކަމާއެކު ހެދޭނެ މަގު ވަނީ ތަނަވަސްވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450