Ads by Farudhun

ޚަބަރު

ތިނަދޫ ކައުންސިލް ރައީސް ވަކިކުރި މައްސަލާގައި އެމްޑީޕީ އިން ކޯޓަށް ދަނީ

ތިނަދޫ ކައުންސިލް ރައީސް ވަކިކުރި މައްސަލާގައި އެމްޑީޕީ އިން ކޯޓަށް ދަނީ

ކުރީގެ ރައީސް މުޙައްމަދު ނަޝީދު. ފޮޓޯ: އެމްޑީޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ޖުލައި 2026، 03:34

05 ޖުލައި 2026، 03:34

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާޢު އަލީގެ ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމި ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް ބުނެ، އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އެމްޑީޕީން ނިންމައިފިއެވެ.

ޝުޖާއުގެ ގޮނޑިއާމެދު ސުވާލު އުފެދުމާ ގުޅިގެން އެލްޖީއޭއިން މިހާރު ވަނީ އެ ރަށު ކައުންސިލް ހިންގުން ވަގުތީ ގޮތުން ކައުންސިލްގެ ނައިބު ރައީސާ ހަވާލުކޮށްފައެވެ.

މިކަމާ ގުޅިގެން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ތިނަދޫ ކައުންސިލް ރައީސް ވަކިކުރުމުގައި އެލްޖީއޭއިން ހަވާލާދީފައިވާ މާއްދާއަކީ މީހަކު މަގާމުން ވަކިކުރާއިރު ހަވާލާދޭންޖެހޭ މާއްދާއެއް ނޫން ކަމަށެވެ. އަދި ކައުންސިލަރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ޝުޖާއު އެއިން އެއްވެސް ޝަރުތަކާ ޚިލާފުވެފައި ނުވާ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

"އެ މާއްދާގައި ބުނާ އެއްވެސް ޝަރުތެއް އޭނާގެ ކިބައިން ނިގުޅިގެން ގެއްލިގެނެއް ނުދޭ ނުދަނީސް އޭނާ ވަނީ ވަކިކޮށްފައި،"

ރައީސް ނަޝީދު ވިދާޅުވިއެވެ. 

އެމަނިކުފާނު އިތުރަށް ވިދާޅުވީ ޕާޓީގެ ގާނޫނީ ޓީމުން މިހާރު އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެންމެ ލަސްވެގެން ވެސް އަންނަ ހަފުތާގެ ތެރޭގައި މައްސަލަ ޝަރީއަތަށް ހުށަހަޅާނެ ކަމަށެވެ.

އެލްޖީއޭގެ ނިންމުން
މި މައްސަލާގައި އެލްޖީއޭ އިން ބުނެފައިވަނީ، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވުމަށްފަހު، އެ ދައުރުގެ ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ކައުންސިލް މެންބަރުކަމުގެ މަގާމު ގެއްލޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ޝުޖާއު އަލީ މިއަހަރުގެ ކައުންސިލް އިންތިޚާބުގައި ހޮވުނީ 'ދަ ޑިމޮކްރެޓްސް' ގެ ޓިކެޓުގައި ކަމަށްވީ ނަމަވެސް، މެއި 19 ވަނަ ދުވަހު އޭނާ އެމްޑީޕީއަށް ސޮއިކޮށް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ހިމެނިފައިވާ ކަމަށް އެލްޖީއޭއިން ބުނެއެވެ.

އެލްޖީއޭގެ ބޯޑުން ޖޫން 30 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ޝުޖާއު މަގާމުން ވަކިވެފައިވާ ކަމަށް ކަނޑައަޅައި، އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށެވެ. ނަމަވެސް އެމްޑީޕީން ދެކޭގޮތުގައި މިއީ ގާނޫނީ ގޮތުން ފުށުއަރާ، ނުބައި އިޖުރާއަތެއްގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ލ

ލައްޓި

05/07/2026 16:15

މީއަޖައިބެއްކަހަލަ ބައްޔެށްޖެހިފަތިބޭބައެއް ކައިންސިލްތަކިގެ ޒިއްމާ އޮނަނަނީ އެލއޖީއޭއަށް ގާނޫނުނަ ކަޑައަޅާ ނުކިރަން އޮނއނަ ކަނެއްވެސް އެޕާރޓީގެ މީހަކު ކުރިއަސް އެމީހިކާދޭތެރޭ ފިޔަވަޅެއްނޭޅޭ މީކިހާވަތުގަދަ ނޮހޮރުއްޕާނެއް ޖެހިގެން އުޅޭ ޕާރޓީއެއްތަ