Ads by Farudhun

ޚަބަރު

ވެނެޒުއޭލާގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ވެނެޒުއޭލާގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ދިވެހިރާއްޖެއާއި ވެނެޒުއޭލާގެ ދިދަ. ފޮޓޯ: ޕޮންޑް5

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

05 ޖުލައި 2026، 08:05

05 ޖުލައި 2026، 08:05

ވެނެޒުއޭލާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވެނެޒުއޭލާގެ  ޚާރިޖީ ވަޒީރު ހިޒް އެކްސެލެންސީ އިވާން ގިލް ޕިންޓޯ އަށް، ވަޒީރު ފޮނުއްވި ޚާއްޞަ މެސެޖުގައި ވިދާޅުވީ، ބޮލިވޭރިއަން ރިޕަބްލިކް އޮފް ވެނެޒުއޭލާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި ވަޒީރުގެ އަމިއްލަ ނަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، ވެނެޒުއޭލާގެ  ސަރުކާރަށާއި ރައްޔިތުންނަށް،  ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާ ކަމަށެވެ.

އަދި ހަމަ އެހެންމެ، ދިވެހިރާއްޖެއާއި ވެނެޒުއޭލާއާ ދެމެދު އޮތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ އަރުއްވާފައެވެ.

ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ބެލަރޫސްގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާ، އެކަން ޔަޤީންކޮށް އެރުވުމަށްފަހުއެވެ. 



 ރާއްޖެއާއި ވެނެޒުއޭލާއާއި ދެމެދު ޑިޕްލޮމެޓިކް ގުޅުމެއް ޤާއިމުވެގެން ގޮސްފައިވަނީ 1990 ވަނަ އަހަރުއެވެ.


 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450