Ads by Farudhun

ޚަބަރު

މިއީ ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަށް އެންމެ ގިނަ މަޝްރޫޢު ހިންގޭ އަހަރު: ވަޒީރު ރާފިޢު

މިއީ ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަށް އެންމެ ގިނަ މަޝްރޫޢު ހިންގޭ އަހަރު: ވަޒީރު ރާފިޢު

ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު / ފޮޓޯ: މިނިސްޓްރީ

farudhun logo

ފަރުދުން

06 ޖުލައި 2026، 12:19

06 ޖުލައި 2026، 12:19

ރާއްޖޭގެ ތާރީޚުގައިވެސް ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް އެންމެ ގިނަ މަޝްރޫޢުތައް ހިންގާ އަހަރަކީ މި އަހަރު ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު ރާފިޢު މިހެން ވިދާޅުވީ ޅ. ހިންނަވަރުގައި އަލަށް ބިނާކުރި ފުޓްސަލް ދަނޑު ހުޅުވައިދެއްވުމަށްފަހު "ފަރުދުން" މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

މި އިންޓަވިއުގައި ވަޒީރު ވިދާޅުވީ، ކުޅިވަރު ވުޒާރާއިން އެއް އަހަރު ދުވަހުގެ ތެރޭގައި ކުރަން ކަނޑައެޅި އެންމެ ގިނަ މަޝްރޫޢުތައް ހިމެނެނީ މި އަހަރު ކަމަށެވެ. އެގޮތުން ޖުމްލަ 879 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ގަސްތުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ މަސައްކަތްތަކެއް މިހާރުވެސް ބާރުމިނުގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިހާތަނަށް ގިނަ މަޝްރޫޢުތަކެއް ނިމިފައިވާކަންވެސް އެ މަނިކުފާނު ހާމަކުރެއްވިއެވެ.

މިއީ އަދި ރާއްޖޭގެ ތާރީޙުގައި ކުޅިވަރު ވުޒާރާއިން ކުޅިވަރިގެ ވަސީލަތްތައް ތަރައްޤީކުރުމަށް އެއް އަހަރުގެ ތެރޭގައި ކުރަން ކަނޑައެޅި އެންމެ ގިނަ މަޝްރޫޢުތައް ހިމެނޭ އަހަރު. ޖުމްލަ 879 މަޝްރޫޢެއް ކުރިޔަށް ގެންދިއުމަށް އަޅުގަނޑުމެން މިއޮތީ ގަސްތުކޮށްފައި. އޭގެތެރެއިން ގިނަ މަސައްކަތްތައް މިހާރު އަންނަނީ ކުރިޔަށް ދަމުން. މީގެ ތެރެއިން ނިމުނު މަޝްރޫޢުތައް ވެސް ގިނަ.

ވަޒީރު ރާފިޢު ވިދާޅުވިއެވެ.

ސަރުކާރަށް މިހާރު ދެ އަހަރާއި ބައި ވެގެން ދިޔައިރު، ކުޅިވަރުގެ ދާއިރާއިން ކުރަންހުރި މަސައްކަތްތައް ވަރަށް ބޮޑަށް ތަރުތީބުވެފައިވާކަން ފާހަގަކުރައްވަމުން ރާފިޢު ވިދާޅުވީ، މިއީ މި ދާއިރާއިން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މި ދައުރު ނިމެންވާއިރަށް، ކަނޑައަޅާފައިވާ ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ހިންނަވަރުގައި އަލަށް ހުޅުވި ފުޓްސަލް ދަނޑަކީ އެ ރަށުގެ ކުރީގެ ފުޓްސަލް ދަނޑު ހަލާކުވިތާ ގިނަ އަހަރުތަކެއް ފަހުން ގާއިމްކުރެވުނު ދަނޑެކެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢު އެ ކުންފުނިން ނިންމާލާފައިވަނީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައެވެ.

އާ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، ވަޒީރު ރާފިޢު ވަނީ ހިންނަވަރުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ "ގަނޑިޔަ ފުޓްސަލް ޗެލެންޖު" ވެސް ފައްޓަވައިދެއްވާފައެވެ. މިއީ ކުރީގެ ދަނޑު ހަލާކުވުމުގެ ސަބަބުން، ހިންނަވަރުގައި ފުޓްސަލް މުބާރާތެއް ނުބޭއްވި 5 އަހަރު އޮތުމަށްފަހު އެ ރަށުގައި ބާއްވާ ފުރަތަމަ މުބާރާތެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450