ކުޅިވަރު / ޚަބަރު

ސަރުކާރުގެ ވިސްނުމަކީ އަތޮޅު ތެރޭގައި ތިބި މޮޅެތި ކުޅުންތެރިން ޤައުމީ ޓީމަށް ގެންދިއުން

ސަރުކާރުގެ ވިސްނުމަކީ އަތޮޅު ތެރޭގައި ތިބި މޮޅެތި ކުޅުންތެރިން ޤައުމީ ޓީމަށް ގެންދިއުން

ވަޒީރު ރާފިޢު ހިންނަވަރު ދަނޑު ހުޅުވި ރަސްމިއްޔާތައް މިނިސްޓަރު ވަޑައިގެންނެވުނު / ފޮޓޯ: ވަޒީރު

farudhun logo

ފަރުދުން

06 ޖުލައި 2026، 01:12

06 ޖުލައި 2026، 01:12

ސަރުކާރުގެ އެންމެ ބޮޑު އެއް ވިސްނުމަކީ ރާއްޖޭގެ އަތޮޅުތަކުގައި ތިބި މޮޅެތި ކުޅުންތެރިން ދެނެގަނެ، އެ ކުޅުންތެރިންނަށް ޤައުމީ ޓީމުން ފުރުސަތު ހޯދައިދިނުން ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު ރާފިޢު މިހެން ވިދާޅުވީ ޅ. ހިންނަވަރުގައި އަލަށް ބިނާކުރި ފުޓްސަލް ދަނޑު ހުޅުވައިދެއްވުމަށްފަހު "ފަރުދުން" މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަގާމާ ހަވާލުވި ފަހުން، ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ވަރަށް ބާރުސްޕީޑުގައި ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކުޅިވަރުގެ ދާއިރާ ހަރުދަނާކުރުމަށްޓަކައި ކުޅިވަރާ ބެހޭ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ މުހިންމު މަސައްކަތް މިހާރު ނިންމާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އަތޮޅުތަކުގައި ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ރީޖަނަލް އެސޯސިއޭޝަންތަކެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، މި އެސޯސިއޭޝަންތައް މެދުވެރިކޮށް ރަށްރަށުގައި ހިންގޭ ކުޅިވަރު ހަރަކާތްތައް ބަލަހައްޓައި، އިތުރަށް ފުޅާކުރެވޭނެއެވެ.

ނަމަވެސް، އަލަށް ޤާއިމްކުރެވޭ ރީޖަނަލް އެސޯސިއޭޝަންތަކާއެކު، ކޮންމެ ރަށެއްގައި ހުރި މޮޅު ކުޅުންތެރިއަކަ"ރާއްޖޭގެ ރަށްތަކުގައި ފުޓުބޯޅަ ކުޅެން ވަރަށް ރަނގަޅު، ހުނަރުވެރި ކުދިން އެބަތިބި. އެކަމަކު މިހާތަނަށް އެ ކުދިންނަށް ޤައުމީ ފެންވަރުގައި ކުރިއަށްދާނެ ނުވަތަ ޤައުމީ ޓީމަށް ދެވޭނެ ފަހި މަގުތަކެއް އޮތީ ނުފެނިފައި،" ވަޒީރު ވިދާޅުވިއެވެ.ށްވެސް އެ ފުރުސަތު ހުޅުވިގެންދާނެ ކަމަށާއި، އެ އެސޯސިއޭޝަންތަކުގެ އެހީގައި ޤައުމީ ފެންވަރުގައި ކުޅުމުގެ މަގު ތަނަވަސްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ކުޅިވަރުގެ މުސްތަޤުބަލަށްޓަކައި ކުރެވޭނެ އެންމެ ފައިދާހުރި މަސައްކަތް ކަމުގައިވެސް ވަޒީރު ރާފިޢު ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450