ދުނިޔެ

ކުށްވެރިއަކު ލައިގެންހުރި އާޖެންޓީނާ ޖާޒީ ބްރެޒިލް ޖާޒީއަށް ބަދަލުކުރި ފުލުހަކަށް ފިޔަވަޅު އަޅައިފި

ކުށްވެރިއަކު ލައިގެންހުރި އާޖެންޓީނާ ޖާޒީ ބްރެޒިލް ޖާޒީއަށް ބަދަލުކުރި ފުލުހަކަށް ފިޔަވަޅު އަޅައިފި

ކުށްވެރިވި މީހާ އަދި ފުލުސް މީހާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 ޖުލައި 2026، 09:38

06 ޖުލައި 2026، 09:38

ބަންގްލަދޭޝްގެ ބާރިޝާލްގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ލައިގެން ހުރި އާޖެންޓީނާގެ ޖާޒީ، އޭއައި ބޭނުންކޮށްގެން ބްރެޒިލް ޖާޒީއަކަށް ބަދަލުކުރި ފުލުހަކަށް އެ ގައުމުގެ އިދާރާތަކުން ފިޔަވަޅު އަޅަން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޯމަ ދުވަހު ބާރިޝާލް ސިޓީގެ މުހައްމަދުޕޫރު ކޮލޮނީގައި ހިންގި އޮޕަރޭޝަނެއްގައި 35 އަހަރުގެ ރަސަލް ހައުލާދަރު ނަމަކަށް ކިޔާ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކުރުމާ ގުޅިގެންނެވެ.

ބާރިޝާލް މެޓްރޯޕޮލިޓަން ޕޮލިސް (ބީއެމްޕީ) ގެ ސަބް އިންސްޕެކްޓަރު ތަންޒީލް އަހުމަދު ވަނީ، ހައްޔަރުކުރި މީހާގެ ރަސްމީ ފޮޓޯ މީޑިއާތަކަށް ފޮނުވުމުގެ ކުރިން އޭއައި ބޭނުންކޮށްގެން އޭނާ ލައިގެން ހުރި އާޖެންޓީނާ ޖާޒީ ބްރެޒިލް ޖާޒީއަކަށް ބަދަލުކޮށްފައެވެ. މި ފޮޓޯ ފުލުހުންގެ ރަސްމީ ވަޓްސްއަޕް ގްރޫޕްތަކުގައި ހިއްސާކުރުމާއެކު، ސޯޝަލް މީޑިއާގައި ފުޓްބޯޅަ ސަޕޯޓަރުން ވަނީ ފޮޓޯއަށް ބަދަލު ގެނެސްފައިވާކަން ވަގުތުން ފާހަގަކޮށް ފާޑުކިޔަން ފަށާފައެވެ.

މި މައްސަލަ ހޫނުވުމާ ގުޅިގެން ބީއެމްޕީން ވަނީ އެޑިޓްކުރި ފޮޓޯ އަނބުރާ ގެންގޮސް، އަސްލު ފޮޓޯ އަލުން އާންމުކޮށްފައެވެ. އަދި މި އަމަލު ހިންގި ސަބް އިންސްޕެކްޓަރު ތަންޒީލް އަހުމަދު މިހާރު ވަނީ ވަޒީފާއިން ސަސްޕެންޑްކޮށް، މީޑިއާ ގްރޫޕްތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތުން ވަކިކޮށްފައެވެ.

ބާރިޝާލްގެ ޕޮލިސް ކޮމިޝަނަރު އެމްޑީ އާޝިިކް ސައީދު ވިދާޅުވި ގޮތުގައި، އެ އޮފިސަރުގެ އަމަލު ސަބަބު ބަޔާންކުރުމަށް ތިން ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. ރިޕޯޓްތައް ބުނާގޮތުން އެ އޮފިސަރު ވަނީ ފޮޓޯއަށް ބަދަލު ގެނައިކަމަށް އިއުތިރާފުވެފައެވެ. އޭނާ އެކަން ކުރީ ވޯލްޑް ކަޕްގެ ފޯރި ގަދަވެފައިވާ ދަނޑިވަޅެއްގައި، ބްރެޒިލް ޖާޒީއެއް ފޮޓޯގައި ހުރުމުން އާންމުންގެ ސަމާލުކަން އިތުރަށް ލިބޭނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށް މައުލޫމާތު ލިބެއެވެ.

ބަންގްލަދޭޝްއަކީ އާޖެންޓީނާ އަދި ބްރެޒިލްގެ ސަޕޯޓަރުންގެ މެދުގައި ވަރަށް ބޮޑު ވާދަވެރިކަމެއް އޮންނަ ގައުމެކެވެ. މި ހާދިސާއާ ގުޅިގެން ސަރުކާރުގެ ރަސްމީ މުއައްސަސާތަކުން މައުލޫމާތު ފެތުރުމުގައި އޭއައި ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ހަގީގަތް އޮޅުވާލުމުގެ ނުރައްކަލާ މެދު އާންމުންގެ މެދުގައި މިހާރު ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450