Ads by Farudhun

ޚަބަރު

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަޝްރޫއު ނިންމައި އިފްތިތާހުކޮށްފި

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަޝްރޫއު ނިންމައި އިފްތިތާހުކޮށްފި

ހިޔާ ޓަވަރުތަކުގައި ހަރުކުރި ލިފްޓުތައް ހަރުކޮށްނިންމައި އިފްތިތާޙް ކުރުން. ފޮޓޯ: އެޗްޑީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ޖުލައި 2026، 11:06

06 ޖުލައި 2026، 11:06

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓްތައް ހަރުކުރުމުގެ މަޝްރޫއު ނިންމައި ރޭ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި މަޝްރޫއު ނިންމައި އިފްތިތާހުކޮށްދެއްވީ ރޭ އެކަމަށްޓަކައި ހިޔާ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

މި މަޝްރޫއުގެ ދަށުން ހިޔާގެ 16 ޓަވަރުގައި ޖުމްލަ 32 ލިފްޓް ވަނީ ގާއިމްކޮށްފައެވެ. މީގެ ކުރިން ބައެއް ލިފްޓްތައް ނިންމައި ބޭނުންކުރަން ފަށާފައިވާއިރު، ރޭ އިފްތިތާހުކުރީ ނުނިމި ހުރި ލިފްޓްތަކުގެ މަސައްކަތް އެއްކޮށް ނިންމުމަށްފަހުގައެވެ. މިއީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ލިފްޓްގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވެވަޑައިގެންނެވި މުހިންމު ވައުދުފުޅެކެވެ. ކެމްޕެއިން ދުވަސްވަރު ހިޔާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުން، ގިނަ ބައެއްގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮތީ ސްކޫލް ވަގުތުތަކާއި ބަންދު ދުވަސްތަކުގައި ލިފްޓަށް އެރުމަށް ގިނަ އިރުތަކެއް ވަންދެން ކިޔޫގައި މަޑުކުރަން ޖެހުމުގެ މައްސަލައެވެ.

އަލަށް ހަރުކުރެވުނު މި ލިފްޓްތަކަކީ ޖާގަ ތަނަވަސް، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ލިފްޓްތަކެކެވެ. މީގެ އިތުރުން، ބަލި މީހުން އުފުލުމަށް ބޭނުންކުރާ ސްޓެޗަރުވެސް ފަސޭހަކަމާއެކު އެރުވޭނެ އިންތިޒާމު މި ލިފްޓްތަކުގައި ވަނީ ހަމަޖައްސާފައެވެ.

ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއަށް ޖުމްލަ 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ހޭދަވި ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މައުލޫމާތު ދެއެވެ. މި މަޝްރޫއު ނިމުމާއެކު ހިޔާ ސަރަހައްދުގެ ދިރިއުޅުމުގެ ފެންވަރަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450