ޚަބަރު
ހަނިމާދޫގައި އަޅަމުންދާ މިސްކިތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދަނީ
ހަނިމާދޫގައި އަޅަމުންދާ މިސްކިތުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
ހދ. ހަނިމާދޫގައި އަޅަމުންދާ މިސްކިތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެކްސްގައި މިކަން ހާމަކުރައްވާ ކުރި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ، މިހާރު އެ ސަރަހައްދުގައި ކުރިއަށް ދަނީ އެ ތަނުގައި ކޮންކުރީޓް މަސައްކަތް ކުރުމަށް ބޭނުންވާ ފިލާ ޖެހުމުގެ މަސައްކަތް ކަމަށެވެ.
މި މިސްކިތުގެ މަސައްކަތަކީ އެ މަސައްކަތް ނުނިމި ހުއްޓިފައިވަނިކޮށް، އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި، 360 ދުވަހުގެ ތެރޭގައި ނިންމުމަށް ޝަރުތުކޮށް އެމްޓީސީސީއާއި ހަވާލުކުރި މަސައްކަތެކެވެ.
500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭގޮތަށް، 7933 އަކަ މީޓަރުގެ ސަރަޙައްދެއްގައި އިމާރާތްކުރަމުންދާ މިސްކިތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 9.44 މިލިއަން ރުފިޔާއަށެވެ.
Project Update: Construction of Hdh. Hanimaadhoo Mosque
— MTCC Plc (@MTCCPlc) July 6, 2026
Shuttering of slab works are ongoing.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/f4LNbpNWzS
ހަނިމާދޫއަކީ 2645 މީހުންގެ އާބާދީއެއް އޮންނަ ރަށަކަށްވެފައި، ދިވެހިންނަކީ ދީނީ ކަންކަމަށް ސަމާލުކަންދޭ ބަޔަކަށްވާ އިރު، ނަމާދުކުރެވޭނެ ރަނގަޅު ފެންވަރުގެ މިސްކިތެއް ރަށްތަކުގައި އިމާރާތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެމްޓީސީސީން ކުރިން ވަނީ ބުނެފައެވެ. އަދި މިސްކިތުގެ މަސައްކަތް ނިމުމުން ހަނިމާދޫގެ ހުރިހާ ރައްޔިތުން އަޅުކަން ކުރުމަށާއި، ދީނީ ތައުލީމު އުނގެނުމަށާއި، އެ ރަށުގެ އިޖުތިމާއި ގުޅުންތައް އިތުރަށް ބަދަހިކުރުމަށް އޮންނަ ފުރުސަތުތައް ފަހިވެގެންދާނެކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ރައީސުލޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން، ދީނީ ކަނަކަމަކީ ވަރަށް އިސްކަމެއްދީގެން ކުރައްވާކަމެކެވެ. އެގޮތުން ރަށްރަށުގައި ހުރި މިސްކިތްތަށް އާބާތުރަ ފިލުވުމާއި، އިތުރު މިސްކިތްތަށް އެޅުމާއި، އެ މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރާނެ ޒުވާނުން ތަމްރީނު ކުރުން ހިމެނެއެވެ.