Ads by Farudhun

ޚަބަރު

ކުޅުދުއްފުށި ސިޓީގެ ސްކޫލުތަކުގައި އޭސީ ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ކުޅުދުއްފުށި ސިޓީގެ ސްކޫލުތަކުގައި އޭސީ ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ކުޅުދުއްފުށި ސިޓީގެ ސްކޫލުތަކުގައި އޭސީ ހަރުކުރުމުގެ އަމަލީ މަސައްކަތް ކުރިޔަށްދަނީ / ފޮޓޯ: ފެނަކަ

farudhun logo

ފަރުދުން

06 ޖުލައި 2026، 07:40

06 ޖުލައި 2026، 07:40

ސަރުކާރުން ކުރިއަށްގެންދާ "ކޫލް ސުކޫލު" މަޝްރޫއުގެ ދަށުން ކުޅުދުއްފުށި ސިޓީގެ ސްކޫލުތަކުގައި އޭސީ ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއުގެ މަސައްކަތްތަކާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނީ، ކުޅުދުއްފުށީގައި އެންމެ ފުރަތަމަ މި މަސައްކަތް ފަށާފައިވަނީ ޖަލާލުއްދީން ސްކޫލުގައި ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި އަފީފުއްދީން ސްކޫލުގައި ވެސް އޭސީ ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރިއަށްގެންދާ މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންނަށް އުނގެނުމަށް ފަހި، ފިނި މާހައުލެއް ސްކޫލުތަކުގައި ގާއިމުކޮށްދިނުމެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ތަޢުލީމީ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވަރަށް މުހިންމު މަޝްރޫއެކެވެ.



ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއެކު، ސްކޫލުތަކުގެ ކްލާސްރޫމްތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. 

"ކޫލް ސުކޫލު" މަޝްރޫއަކީ މުޅި ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއް އޭސީ ކުރުމަށް އަމާޒު ހިފައިގެން ކުރިއަށްގެންދާ ބޮޑު މަޝްރޫއެކެވެ. މީގެ ސަބަބުން ތަޢުލީމީ ދާއިރާގެ ފެންވަރު މަތިވެ، ދަރިވަރުންގެ ނަތީޖާއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450