ކުޅިވަރު

ޑޯޓްމަންޑް މެޗުގައި ބެޔާން މިއުނިކްގެ ކޭންއަށް އަނިޔާވެއްޖެ

ޑޯޓްމަންޑް މެޗުގައި ބެޔާން މިއުނިކްގެ ކޭންއަށް އަނިޔާވެއްޖެ

ހެރީ ކޭންއަށް ދަނޑުމަތީގައި ފަރުވާ ދެނީ--- ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

01 ޑިސެމްބަރު 2024، 09:03

01 ޑިސެމްބަރު 2024، 09:03

ހުލާސާ

  • ޓީމުގެ މެޑިކަލް ޓީމުން އޭނާގެ އަނިޔާ ބެލުމަށްފަހު ނިންމީ އޭނާއަށް އިތުރަށް ކުޅުން ކުރިޔަށް ނުގެންދެވޭނެ ކަމަށް.
  • މެޗުގެ ނަތީޖާ ހަމަހަމަވި ނަމަވެސް، ބެޔާން އޮތީ 12 މެޗުން ލިބުނު 30 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި.

ހޮނިހިރު ދުވަހު ބޮރޫޝިއާ ޑޯޓްމަންޑާއި ކުޅުނު މެޗުގައި ބެޔާން މިއުނިކްގެ އިނގިރޭސި ފޯވާޑް އަދި ޖަރުމަން ބުންޑަސް ލީގާގައި މިހާތަނަށް މި ސީޒަނުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ހެރީ ކޭންއަށް އަނިޔާވެއްޖެއެވެ. 

މެޗުގެ 30 ވަނަ މިނެޓުގައި ދަނޑުމަތީގައި ހުރެ ކޭން ވަނީ އޭނާއަށް ސިއްހީ ސަމާލުކަން ބޭނުންވާކަމަށް އިޝާރާތްކޮށްފައެވެ. އަދި ޓީމުގެ މެޑިކަލް ޓީމުން އޭނާގެ އަނިޔާ ބެލުމަށްފަހު ނިންމީ އޭނާއަށް އިތުރަށް ކުޅުން ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ. އެހެންކަމުން ކޭންގެ ބަދަލުގައި ތޯމަސް މުލާ ވަނީ ފުރަތަމަ ހާފު ކުޅެން ނިކުމެފައެވެ/

މިވަގުތު ކޭންއަށް އަނިޔާވުން ވެގެންދާނީ ބެޔާންއަށް ކުރިމަތިވާ ބޮޑު ގޮންޖެހުމަކަށެވެ. އެއީ ކުރިމަތީގައި ބެޔާ ލެވަކޫސެންއާ ދެކޮޅަށް މި އަންނަ އަންގާރަ ދުވަހު ލީގު ކަޕް މެޗު ކުޅެން ޖެހުމެވެ. 

ހޮނިހިރު ދުވަހު ބްރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުގެ 30 މިނެޓު ހަމަވިއިރު ވެސް ކޭންއަށް އިދިކޮޅު ޓީމުގެ ގޯލަށް އެއްވެސް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. އެ މެޗުގައި ޑޯޓްމަންޑުން ލީޑު ނެގީ މެޗުގެ 27 ވަނަ މިނެޓުގައި ޖޭމްސް ގިޓެންސް ކާމިޔާބުކުރި ގޯލަކުންނެވެ. 

ބެޔާންއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ މެޗު ނިމެން 5 މިނެޓަށް ވެފައި ވަނިކޮށެވެ. އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ޖަމާލް މުސިއާލާއެވެ. އެއީ އެނާ މި ސީޒަނުގައި ކާމިޔާބުކުރި 6 ވަނަ ގޯލެވެ.

މެޗުގެ ނަތީޖާ ހަމަހަމަވި ނަމަވެސް، ބެޔާން އޮތީ 12 މެޗުން ލިބުނު 30 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ފްރެންކްފާޓް އެއް މެޗު މަދުން ކުޅެ 23 ޕޮއިންޓު ހޯދާފައިވެއެވެ. 

މި ލިޔުން ކިޔާލުމުން