Ads by Farudhun

ޚަބަރު

ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ލުއި ލިބޭ ގޮތަށް ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި

ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ލުއި ލިބޭ ގޮތަށް ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި

ޕްލާސްޓިކް ކޮތަޅު ފޮޓޯ: ގޫގުލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 ޖުލައި 2026، 10:56

07 ޖުލައި 2026، 10:56

ޕްލާސްޓިކް ކޮތަޅުން މިހާރު ނަގަމުންދާ ފީއަށް ލުއިދިނުމަށް ހިމަނައި، ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މުހިންމު އިސްލާހުތަކެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހިމް ޝިފާޒެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. މި އިސްލާހުގެ ދަށުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން މިހާރު ނަގަމުންދާ ދެ ރުފިޔާގެ ފީ ނެގުން ހުއްޓާލުމަށް ހުށަހަޅާފައިވާ ހުށަހެޅުމެވެ. 

މި ބިލުގެ މަގްސަދުތަކުގެ ތެރޭގައި ކުނި މެނޭޖްކުރުމުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ދައުރު މިހާރަށްވުރެ ސާފުކޮށް ބަޔާންކުރުމާއި، ދެމެހެއްޓެނެވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ މަގު ފަހިކުރުން ހިމެނެއެވެ. މީގެ އިތުރުން ރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް މަނާކުރުމާއި، ގާނޫނު ތަންފީޒުކުރުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަކީވެސް މި ބިލުގެ މުހިންމު ބޭނުމެކެވެ.

އިތުރު އިސްލާހުތަކަށް ބަލާއިރު، އިގްތިސާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖްކުރުމުގެ ސިޔާސަތުތައް އެކުލަވާލުމަށް ބިލުގައި ލާޒިމްކޮށްފައިވެއެވެ. އަދި ކުނި މެނޭޖްކުރުމުގެ ކަންކަން ކުރިއަށް ގެންދަންވާނީ ގައުމީ މާސްޓަރ ޕްލޭނާއި، އެ ސިޓީއެއްގެ ކުނި މެނޭޖްކުރުމުގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ކުނި މެނޭޖްކުރުމުގެ ނިޒާމު ފަރުމާކުރުމާއި، މިންގަނޑުތައް ކަނޑައެޅުމާއި، ކުނި މެނޭޖްކުރާ މަރުކަޒުތަކާ ގުޅުންހުރި އުސޫލުތައް ހަރުދަނާކުރުމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ. ކުނި މެނޭޖްކުރުމުގައި ބޭނުންކުރާ ވަސީލަތްތައް ހުންނަންޖެހޭ މިންގަނޑުތައްވެސް މި އިސްލާހުގެ ދަށުން ކަނޑައެޅިގެންދާނެއެވެ.

ސަރުކާރުން އުއްމީދު ކުރަނީ މި ބިލުގެ މަސައްކަތް ނިމި ގާނޫނަކަށް ވުމުން، ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ވަށާޖެހޭ ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450