Ads by Farudhun

ޚަބަރު

އީޔޫ އަދި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ ސައީދު އައްޔަންކުރަން މަޖިލީހަށް ފޮނުވައިފި

އީޔޫ އަދި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ ސައީދު އައްޔަންކުރަން މަޖިލީހަށް ފޮނުވައިފި

ދިޔާނާ ސައީދު ފޮޓޯ: އެމްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 ޖުލައި 2026، 12:11

07 ޖުލައި 2026، 12:11

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ބެލްޖިއަމަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް، ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި، ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވަވާފައެވެ. އެ ސިޓީފުޅުގައި ވަނީ، އީޔޫ އާއި ބެލްޖިއަމަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމުގެ މަޤާމަށް ދިޔާނާ އައްޔަންކުރުމާމެދު މަޖިލީހުން ގޮތެއް ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ މި މައްސަލަ އިތުރަށް ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި، މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

ދިޔާނާ ސައީދަކީ ދައުލަތުގެ މަތީ މަޤާމުތަކެއް ކުރިންވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ބަންޑާރަނައިބުގެ މަޤާމު ފުރުއްވާފައިވާއިރު، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ވެރިކަމުގައި ޖެންޑަރ މިނިސްޓަރުކަމުގެ މަޤާމުވެސް ވަނީ ފުރުއްވާފައެވެ. މީގެ އިތުރުން ދިޔާނާއަކީ ސާކްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާވެސް މެއެވެ.

ފޮރިން ސަރވިސްގެ މި މަތީ މަޤާމަށް ދިޔާނާ އައްޔަންކުރެއްވުމަށް ރައީސް މުޢިއްޒު ނިންމެވިއިރު، މިދިޔަ އޭޕްރިލް މަހުން ފެށިގެން ދިޔާނާ ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމުގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450