Ads by Farudhun

ޚަބަރު

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ކުނި އުކާލުމުގެ މަސައްކަތް ކުރި ބިދޭސީ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ކުނި އުކާލުމުގެ މަސައްކަތް ކުރި ބިދޭސީ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

އަމިއްލައަށް ކުނި ނަގައިގެން އުކާލުމުގެ މަސައްކަތުގައި އުޅުނު ބަންގްލަދޭޝްގެ ދެމީހުން ފޮޓޯ: ޕޮލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 ޖުލައި 2026، 01:34

07 ޖުލައި 2026، 01:34

ހުޅުމާލޭގެ އެކި ސަރަހައްދުތަކުން އަމިއްލައަށް ކުނި ނަގައިގެން އުކާލުމުގެ މަސައްކަތުގައި އުޅުނު ބަންގްލަދޭޝްގެ ދެ ރައްޔިތަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2026 ޖުލައި 6 ވަނަ ދުވަހުގެ ހެނދުނު 8:45 އެހައިކަންހާއިރު ހުޅުމާލެއިންނެވެ. ފުލުހުން މި ދެ މީހުން ހިފަހައްޓާފައިވަނީ ކުނި އުފުލުމަށް ބޭނުންކުރި ޕިކަޕަކާ އެކުގައެވެ.

މި މައްސަލައާ ގުޅިގެން ހިފަހައްޓާފައިވަނީ އުމުރުން 39 އަހަރުގެ އެމްޑީ މޮނިރް އާއި 43 އަހަރުގެ އެމްޑީ ހަބީބު އުލާހް އެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އެމްޑީ މޮނިރް އަކީ "ގޯލްޑް ކިންގް ޕްރައިވެޓް ލިމިޓެޑް" ގެ ދަށުން މޭސަނެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ވިސާ އޮތް މީހެކެވެ. އަދި އެމްޑީ ހަބީބު އުލާހް އަކީ "އޭޔޫ ފެހުން" ގެ ދަށުން ފަހާ މީހެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ވިސާ އޮތް މީހެކެވެ.

މި ދެ މީހުން ހުޅުމާލޭގައި އަމިއްލައަށް ކުނި ނަގައި އުކާލުމުގެ މަސައްކަތް ކޮށްފައިވަނީ ރާއްޖޭގެ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފަށެވެ. އެގޮތުން، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާއި، ކުނި މެނޭޖުކުރުމުގެ ގާނޫނުގެ އިތުރުން، ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނާއި ވަޒީފާއާބެހޭ ގާނޫނާ ވެސް އެ މީހުން ވަނީ ހިލާފުވެފައެވެ.

އިމިގްރޭޝަން ގާނޫނުގެ ދަށުން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށްޓަކައި، ފުލުހުން މިހާރު ވަނީ މި ދެ މީހުން މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450