ދުނިޔެ

އިންޒާރު ދޭނަމަ މަޝްވަރާއެއް ނެތް: ޓްރަމްޕަށް އިރާނުގެ ވަރުގަދަ ރައްދެއް

އިންޒާރު ދޭނަމަ މަޝްވަރާއެއް ނެތް: ޓްރަމްޕަށް އިރާނުގެ ވަރުގަދަ ރައްދެއް

އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ- ފޮޓޯ: ރޮއިޓާސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

07 ޖުލައި 2026، 03:08

07 ޖުލައި 2026، 03:08

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނަށް ދެމުންދާ އިންޒާރުތަކަށް، އެ ގައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އަރަގްޗީ ވިދާޅުވީ، ބިރުދެއްކުމާއި އިންޒާރު ދިނުމުގެ ސިޔާސަތު ކުރިއަށްގެންދާހާ ހިނދަކު، އެއްވެސް އެއްބަސްވުމަކަށް އައުމަށްޓަކައި ކުރަންޖެހޭ ރަސްމީ މަޝްވަރާތައް ފަށާނެ ފުރުސަތެއް ނެތް ކަމަށެވެ. އިރާނުން މިހެން ބުނެފައި މިވަނީ، ވޮޝިންގޓަނުން އިރާނާއެކު އާ އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ. 

ޚާރިޖީ ވަޒީރު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މަޝްވަރާގެ މޭޒަށް އާދެވޭނީ އިހުތިރާމާއި ހަމަހަމަކަމުގެ މައްޗަށް ބިނާވެފައިވާ މާހައުލެއް އޮވެގެންނެވެ. އަދި އިންޒާރުގެ ބަހުރުވަ ބޭނުންކޮށްގެން އިރާނުން ދޫ ދޭނެ ކަމަށް ހީކުރުމަކީ ބޮޑު ކުށްހީއެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ނުތަނަވަސްކަމުގެ ތެރޭގައި، އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ޝަހީދުކޮށްލުމާއި ގުޅިގެން، އެމަނިކުފާނާއި އާއިލާގެ މެންބަރުންގެ ކަށުނަމާދު މު ގުމްގައި މިހާރު ދަނީ ބާއްވަމުންނެވެ.

އެމެރިކާގެ އާ ސަރުކާރުން އިރާނާ މެދު ގެންގުޅޭނެ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ގޯސްވެ، މުޅި މެދުއިރުމަތީގެ ހަމަޖެހުމަށް ބުރޫއަރާފާނެ ކަމުގެ ބިރު ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ފާޅުކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450