Ads by Farudhun

ޚަބަރު

ވައްކަމުގެ މައްސަލައެއްގައި ފުލުހުން މީހަކު ހޯދަނީ

ވައްކަމުގެ މައްސަލައެއްގައި ފުލުހުން މީހަކު ހޯދަނީ

ފުލުހުން ހޯދާ މީހާ. ފޮޓޯ: ފުލުހުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

08 ޖުލައި 2026، 10:22

08 ޖުލައި 2026، 10:22

ވައްކަންކުރިކަމުގެ މައްސަލައެއްގައި މީހަކު ހޯދަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވަނީ ވައްކަންކުރި މީހާގެ ޙަރަކާތްތައް ދައްކުވައިދޭ ވީޑިއޯއެއް ޢާންމުކޮށް، އެމީހާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

ފުލުހުން ވިދާޅުވެފައިވަނީ، އެ ވީޑިޔޯއިން ފެންނަ މީހާއަކީ ހެންވޭރު ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެފައިވާ މީހެއް ކަމަށެވެ. ނަމަވެސް، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ މިހާތަނަށް އެމީހާ ހޯދިފައިނުވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ވީޑިޔޯއިން ފެންނަގޮތުގައި، އޭނާ ވައްކަންކޮށްފައިވަނީ އޭޓީއެމްއަކުންނެވެ. 

އެހެންކަމުން، އެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ނުވަތަ ފުލުހުންގެ ނަންބަރު 3322111 އަށް  ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.



ހަމަ އެހެންމެ، މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، އެކަމަށް ފުލުހުން ޝުކުރު ދަންނަވާފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450