Ads by Farudhun

ޚަބަރު

މަސްވެރިކަން ދަނީ ރަނގަޅުވަމުން، މިހާރު ދުވާލެއްގެ މައްޗަށް 50 ޓަނުގެ މަސް ކިރާ : މިފްކޯ

މަސްވެރިކަން ދަނީ ރަނގަޅުވަމުން، މިހާރު ދުވާލެއްގެ މައްޗަށް 50 ޓަނުގެ މަސް ކިރާ : މިފްކޯ

މަސްވެރިން ފޮޓޯ: އޭއައި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޖުލައި 2026، 10:26

08 ޖުލައި 2026، 10:26

ރާއްޖޭގެ ކަނޑުތަކުގައި މަސްވެރިކަން ކުރިއަށްވުރެ ރަނގަޅުވެ، މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 50 မެޓްރިކް ޓަނުގެ މަސް ކިރުވަމުންދާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފިއެވެ.

މިފްކޯއިން މިކަން ހާމަކޮށްފައިވަނީ، ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެފައި އޮތުމަށްފަހުގައެވެ. މަސްވެރިކަން ކުރާ މިންވަރު ދެނެގަތުމަށް ބަލާ މިންގަނޑެއް ކަމަށްވާ، މަސްވެރިންނަށް ފައިސާ ދޫކުރި އަދަދުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އެންމެ ބޮޑު ދަށްވުމެއް އައިސްފައިވަނީ ޖޫން މަހުގައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޖޫން މަހު މަސްވެރިންނަށް ދޫކޮށްފައިވަނީ 11.3 މިލިއަން ރުފިޔާއެވެ. ނަމަވެސް، މިއަހަރުގެ އެންމެ ރަނގަޅު މަސްވެރިކަމެއް ފާހަގަކުރެވިފައިވަނީ އޭޕްރީލް މަހުގައެވެ. އެ މަހު މަސްވެރިންނަށް 78.8 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

ވޭތުވެދިޔަ 6 މަސް ދުވަހު މަސްވެރިންނަށް ދޫކުރި ފައިސާގެ ތަފްސީލް:

  • ޖަނަވަރީ: 40.3 މިލިއަން ރުފިޔާ
  • ފެބްރުވަރީ: 20.3 މިލިއަން ރުފިޔާ
  • މާރިޗު: 29.3 މިލިއަން ރުފިޔާ
  • އޭޕްރީލް: 78.8 މިލިއަން ރުފިޔާ
  • މެއި: 31 މިލިއަން ރުފިޔާ
  • ޖޫން: 11.3 މިލިއަން ރުފިޔާ

މިފްކޯއިން ފާހަގަކުރި ގޮތުގައި، މިދިޔަ ދުވަސްތަކުގައި މަސްވެރިކަން ދަށްވެފައިވަނީ ބޮޑުތިލަދުންމަތިން ފެށިގެން ދެކުނަށްވެސް އެންވެރިކަން ދަށްވުމާ ގުޅިގެންނެވެ. ޖޫން މަހުގެ ބައެއް ދުވަސްތަކުގައި ދުވާލެއްގެ މައްޗަށް ދޫކުރި ފައިސާގެ އަދަދު 200,000 ރުފިޔާއަށްވުރެ ދަށަށް ގޮސްފައިވީ ނަމަވެސް، މިއީ ހުޅަނގު މޫސުމުގެ ބާރުގަދަވުމާއެކު ކޮންމެ އަހަރެއްގެވެސް ޖޫން އަދި އޯގަސްޓް މަހު އާންމުކޮށް މަސްވެރިކަން ދަށްވާ ދުވަސްވަރެކެވެ.

މިހާރު މަސްވެރިކަން ރަނގަޅުވާން ފަށާފައިވާކަން ފާހަގަކުރައްވައި މިފްކޯއިން ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި މަސް ކިރުވާ މިންވަރު 50 ޓަނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިވަގުތު މަސްވެރިކަން އެންމެ ރަނގަޅީ ޅ. އަތޮޅު ހިމެނޭ ސަރަހައްދުގައި ކަމަށްވެސް އެކުންފުނިން މަޢުލޫމާތުދެއެވެ.

މަސްވެރިކަން ދަށްވި ނަމަވެސް، އިނގިރޭސިވިލާތުން ރާއްޖޭގެ ކަނޑުމަހަށް ޓެރިފް ނެގުން މެދުކަނޑާލުމާ ގުޅިގެން މިފްކޯއިން ވަނީ މަސްގަންނަ އަގު މަތިކޮށްފައެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހުން ފެށިގެން އެކުންފުނީގެ ބަނދަރުތަކުން މަސް ކިލޯއެއް ގަންނަމުންދަނީ 20 ރުފިޔާގެ މަގުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450