Ads by Farudhun

ޚަބަރު

ދުޢާއަކީ ދިވެހި ލިޔުންތެރިކަމަށް އުޖާލާ ކުރިމަގެއް: މެޑަމް ސާޖިދާ

ދުޢާއަކީ ދިވެހި ލިޔުންތެރިކަމަށް އުޖާލާ ކުރިމަގެއް:  މެޑަމް ސާޖިދާ

މެޑަމް ސާޖިދާ މުޙައްމަދު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޖުލައި 2026، 11:34

08 ޖުލައި 2026، 11:34

މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ރާއްޖޭގެ ހުރިހާ ލިޔުންތެރިންނަށް ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.

މިއަދުގެ މުނާސަބަތާ ގުޅިގެން މެޑަމް ސާޖިދާ ދެއްވި މެސެޖެއްގައި، ދިވެހިބަހުގެ އަދަބިއްޔާތާއި ލިޔުންތެރިކަން ކުރިއެރުވުމަށްޓަކައި މެދުކެނޑުމެއްނެތި މަސައްކަތްކޮށްދެއްވާ ހުރިހާ ލޮބުވެތި އަޚުންނާއި އުޚްތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރާއި ތަހުނިޔާ އަދާކުރެއްވިއެވެ.

މެޑަމްގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ، ދިވެހި ލިޔުންތެރިކަމުގެ ދާއިރާއަށް އުޖާލާ އަދި ފާގަތި ކުރިމަގަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.  

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ 34ވަނަ ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި އެންމެހައި ލިޔުންތެރިންނަށާއި ރައްޔިތުންނަށް ފޮނުވާފައެވެ.

ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ލިޔުންތެރިންގެ ދުވަސް ފާހަގަކުރަނީ، ދިވެހިރާއްޖޭގައި ނެރުނު ފުރަތަމަ މަޖައްލާ ކަމަށްވާ "އަލްއިޞްލާޙު" 8 ޖުލައި 1933 ގައި ނެރެން ފެށުމާ ގުޅިގެންނެވެ. ރާއްޖޭގައި ރަސްމީކޮށް މި ދުވަސް ފާހަގަކުރަން ފެށީ 1993 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ.

ދިވެހި ތާރީޚަށް ބަލާއިރު، ދިވެހި ގައުމު ބިނާކުރުމުގައި ލިޔުންތެރިން ވަނީ ނުހަނު ޒިންމާދާރު އަދި މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ދީނީ ޢިލްމުވެރިން ދީނީ ރޮނގުންނާއި، އަދަބީ ޢިލްމުވެރިން އަދަބީ ރޮނގުންނާއި، ތާރީޚު ޢިލްމުވެރިން ތާރީޚީ ރޮނގުން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ނޫސްވެރިންނާއި ސިޔާސީ ބޭފުޅުން ވެސް ލިޔުންތެރިކަމުގެ ޒަރީޢާއިން ގައުމުގެ ހޭލުންތެރިކަމާއި ތަރައްގީއަށް މުހިންމު ޚިދުމަތްތަކެއް ވަނީ ކޮށްދެއްވާފައެވެ.



Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450