ކުޅިވަރު / ދުނިޔެ

އެހާވަރަށް ރޮވުނީ ޕެނަލްޓީ ނާކާމިޔާބުވީމާ: މެސީ

އެހާވަރަށް ރޮވުނީ ޕެނަލްޓީ ނާކާމިޔާބުވީމާ: މެސީ

މެސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޖުލައި 2026، 12:46

08 ޖުލައި 2026، 12:46

ފީފާ ވޯލްޑް ކަޕް 2026ގެ ގަދަ 16ގެ ބުރުގައި މިޞްރާ ދެކޮޅަށް ކުޅެ އުނދަގޫ މޮޅެއް ހޯދި މެޗަށްފަހު ރޮވުނީ، އެ މެޗުގައި ލިބުނު ޕެނަލްޓީ ނާކާމިޔާބުވުމުން ކުރެވުނު އިހުސާސްތަކުގެ ސަބަބުން ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ.

މި މެޗު ނިމުނު ވަގުތު ގިނަބައެއްގެ ސަމާލުކަމަށް އައީ، އާޖެންޓީނާ ބަލިވުމުން ސަލާމަތްކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެސީ ދަނޑުމަތީގައި ރޯން ފެށި މަންޒަރެވެ. އޭނާ ރޯން ފެށުމާއެކު، ޓީމުގެ އެހެން ކުޅުންތެރިންނާއި އޮފިޝަލުން ވަނީ އޭނާއަށް ހިތްވަރުދީ، އޯގާތެރިކަމާއެކު އަޅާލާފައެވެ.

މެޗަށްފަހު މީޑިއާއާ ވާހަކަދައްކަމުން މެސީ ބުނީ، މިޞްރު އަތުން ލިބުނު މޮޅަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ނަމަވެސް ޕެނަލްޓީ ނާކާމިޔާބުވުމުން ވަރަށް ބޮޑަށް ދެރަވެ، އުނދަގޫތަކެއް ކުރިމަތިވި ކަމަށް އޭނާ ފާހަގަކުރިއެވެ. މެސީ ބުނި ގޮތުގައި އެ ޕެނަލްޓީ ފޮނުވާލެވުނީ އެންމެ ހިތްހަމަޖެހޭ ގޮތަކަށް ނޫނެވެ. އަދި މުހިންމު ދަނޑިވަޅެއްގައި ޓީމުގެ ކުޅުންތެރިން އޭނާގެ ފަރާތުން އުއްމީދުކުރި ކަންތަކާ އެއްގޮތަށް އަމަލުނުކުރެވި، އެމީހުން މާޔޫސްކޮށްލެވުނު ކަމުގެ އިހުސާސް ކުރެވުނު ކަމަށްވެސް އޭނާ ބުންޏެވެ.

"އެހެންނަމަވެސް ފަހުވަގުތު ހުރިހާ ކަމެއްވެސް އެންމެ ރަނގަޅަށް ދިޔަ. އެއާއެކު ބޮޑު ހިތްހަމަޖެހުމެއް، ލުޔެއް ލިބިގެންދިޔަ،" މެސީ ބުންޏެވެ. މެޗުގެ ނަތީޖާ އާޖެންޓީނާއަށް ހަމަހަމަކޮށްދިނީވެސް މެސީ ކާމިޔާބުކުރި ގޯލުންނެވެ.

މި މެޗުން އާޖެންޓީނާ މޮޅުވީ މިޞްރުން ދެ ލަނޑުގެ ލީޑެއްގައި އޮއްވައި، ފުރިހަމަވަގުތުގެ ފަހު 11 މިނެޓުގެ ތެރޭގައި ކާމިޔާބުކުރި ދެ ލަނޑާއި، އިތުރުވަގުތުގެ ތެރޭގައި ޖެހި ލަނޑާއެކުގައެވެ.

މި މެޗުގައި މެސީ އަތުން ނާކާމިޔާބުވި ޕެނަލްޓީއަކީ މިފަހަރުގެ ވޯލްޑް ކަޕުގައި އޭނާއަށް ނާކާމިޔާބުވި ދެވަނަ ޕެނަލްޓީއެވެ. މިހާތަނަށް ހަ ވޯލްޑް ކަޕެއްގައި ކުޅެފައިވާ މެސީއަށް ޖުމލަ 8 ޕެނަލްޓީ ލިބުނުއިރު، އޭގެ ތެރެއިން ހަތަރު ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. މިއާއެކު މެސީ ވެފައިވަނީ ވޯލްޑް ކަޕް ތާރީޚުގައިވެސް އެންމެ ގިނަ ޕެނަލްޓީ ނާކާމިޔާބުވި ކުޅުންތެރިޔާއަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450