Ads by Farudhun

ޚަބަރު

މާރާމާރީގެ މައްސަލައެއްގައި ހިތަދޫއިން ބަޔަކު ހައްޔަރުކޮށްފި

މާރާމާރީގެ މައްސަލައެއްގައި ހިތަދޫއިން ބަޔަކު ހައްޔަރުކޮށްފި

ހިތަދީއިން ހައްޔަރުކުރި މީހުން / ފޮޓޯ: ޕޮލިސް

farudhun logo

ފަރުދުން

08 ޖުލައި 2026، 04:22

08 ޖުލައި 2026، 04:22

އައްޑޫ ސިޓީ ހިތަދޫގައި ހިންގި މާރާމާރީއެއްގެ މައްސަލައަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މާރާމާރީގެ މައްސަލަ ރިޕޯޓްކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 22:00 ހާއިރުއެވެ. މި މައްސަލައިގެ ތުހުމަތުގައި މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ޢަޠީނާ، ޝިޔާޙު މުޙައްމަދު (26އ) އާއި، ސ. ހިތަދޫ / ބޯޅަކިންކިރިމާގެ، މުޙައްމަދު މާހިލް އަޙްމަދު (18އ) އެވެ. މީގެ އިތުރުން 17 އަހަރުގެ ކުއްޖަކުވެސް މި މައްސަލައިގައި ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް، ކުޑަކުއްޖަކަށްވާތީ 17 އަހަރުގެ ކުއްޖާގެ ފޮޓޯ ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި ތިން މީހުން ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެންމެންވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދަނީ "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު"ގެ ދަށުން ކަމަށެވެ.

މުޖުތަމައުގެ ސަލާމަތާއި އަމާންކަން ގެއްލޭފަދަ އެއްވެސް އަމަލަކަށް ފުލުހުން ޖާގަ ނުދޭނެ ކަމަށާއި، މިފަދަ ކުށްތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފުލުހުން ފަސްނުޖެހޭނެ ކަމުގެ ޔަޤީންކަން ފުލުހުން ވަނީ ދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450