Ads by Farudhun

ޚަބަރު

ރާއްޖެއަށް ބިންހެލުމެއްގެ އަސަރުކޮށްފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފި

ރާއްޖެއަށް ބިންހެލުމެއްގެ އަސަރުކޮށްފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފި

ޗާގޯސް ސަރަޙައްދަށް އައި ބިންހެލުން---

farudhun logo

ފަރުދުން

08 ޖުލައި 2026، 11:11

08 ޖުލައި 2026، 11:11

ދިވެހިރާއްޖެއަށް ބިންހެލުމެއްގެ އަސަރުކޮށްފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތައް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ދޮގުކޮށްފިއެވެ.

"ފަރުދުން" މީޑިއާއަށް މަޢުލޫމާތު ދެމުން އެ އިދާރާއިން ބުނީ، ބިންހެލުން އައިސްފައިވަނީ ޗާގޯސް ސަރަހައްދަށް ކަމަށާއި، އަދި އެ ބިންހެލުމުގެ ބާރުމިނަށް ބަލާއިރު، އޭގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުފޯރާނެކަމަށެވެ.

ޗާގޯސް ސަރަހައްދަށް އައި ބިންހެލުމަކީ 5.4 މެގްނިޓިއުޑްގެ ބާރުމިނުގައި ރެކޯޑު ކުރެވިފައިވާ ބިންހެލުމެކެވެ.

އެއީ ރާއްޖެ ގަޑިން އިރުއޮއްސެން ކައިރިވެފައި ވަނިކޮށް އެ ސަރަޙައްދަށް އައި ބިންހެލުމެކެވެ.

މި ބިންހެލުން އައިސްފައި ވަނީ އައްޑޫސިޓީއާއި 933 ކިލޯމީޓަރު ދުރުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450