Ads by Farudhun

ޚަބަރު

ދިވެހިރާއްޖޭގައި ދަތުގެ ފަރުވާގެ ތާރީޚާ ގުޅޭ ޚާއްޞަ ފޮތެއް ނައިބު ރައީސް އިފްތިތާހުކޮށްދެއްވައިފި

ދިވެހިރާއްޖޭގައި ދަތުގެ ފަރުވާގެ ތާރީޚާ ގުޅޭ ޚާއްޞަ ފޮތެއް ނައިބު ރައީސް އިފްތިތާހުކޮށްދެއްވައިފި

ދަތުގެ ފަރުވާގެ ތާރީޚާ ގުޅޭ ޚާއްޞަ ފޮތް އިފްތިތާޙުކޮށްދެއްވުން / ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 ޖުލައި 2026، 12:04

09 ޖުލައި 2026، 12:04

ދިވެހިރާއްޖޭގައި ދަތުގެ ފަރުވާގެ ޚިދުމަތް ދޭން ފެށުމުގެ ތާރީޚުގެ މައްޗަށް އެކުލަވާލާފައިވާ ޚާއްޞަ ފޮތެއް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ފޮތް އިފްތިތާހުކޮށްދެއްވީ ދިވެހި ސަރުކާރުން ދެމުންގެންދާ ދަތުގެ ޚިދުމަތަށް 50 އަހަރު ފުރުން ނުވަތަ ރަންޔޫބިލް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ފޮތް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ. މި ފޮތުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސަރުކާރުގެ ފަރާތުން ދަތުގެ ފަރުވާ ދިނުމުގެ ޚިދުމަތް ރަސްމީކޮށް ފެށިގެން ދިޔަ ގޮތާއި، ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި އެ ޑިޕާޓްމެންޓުގެ ޚިދުމަތްތައް ތަރައްޤީވެ، ކުރިއަރަމުން އައި ގޮތުގެ މައްޗަށެވެ.

މި ފޮތް އެކުލަވާލުމުގެ މައިގަނޑު މަޤުޞަދަކީ ދަތުގެ ފަރުވާގެ ދިގު ތާރީޚުގައި ޝާމިލްވި ބޭފުޅުންގެ ތަޖުރިބާތަކާއި، އެ ބޭފުޅުން ދިވެހި ރައްޔިތުންނަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމެވެ. މި ފޮތް އެކުލަވާލާފައިވަނީ ސީނިއަރ ޑެންޓަލް އޮފިސަރ ހައުލަތު މުޙައްމަދު އަދި ޑެންޓަލް އޮފިސަރ އީމާން މުޙައްމަދެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، ރާއްޖޭގެ ދަތުގެ ފަރުވާގެ ދާއިރާ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި މަރުޙޫމް އަލްފާޟިލް ޢަލީ ސަލީމުގެ ހަނދާނުގައި ހިމޭންކަމުގެ ސުކޫތެއް ގެނެސްފައިވެއެވެ. މީގެ އިތުރުން، ދަތުގެ ފަރުވާގެ ދާއިރާއަށް އެކި ރޮނގުރޮނގުން މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ 9 ފަރާތެއްގެ އަގުވަޒަންކޮށް، އެ ބޭފުޅުންނަށް ވަނީ އެވޯޑު އަރުވާފައެވެ.

ރާއްޖޭގައި ސަރުކާރުގެ ފަރާތުން "ޑެންޓަލް ސާރޖަރީ" ގެ ނަމުގައި ރަސްމީކޮށް ދަތުގެ ފަރުވާ ފަށާފައިވަނީ 8 ޖުލައި 1975 ގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450