ދުނިޔެ

ވޯލްޑް ކަޕްގައި އާޖެންޓީނާއަށް ފައިދާތަކެއް ހޯދައިދެނީތަ؟ މިސްރުގެ ބޮޑެތި ތުހުމަތުތަކެއް!

ވޯލްޑް ކަޕްގައި އާޖެންޓީނާއަށް ފައިދާތަކެއް ހޯދައިދެނީތަ؟ މިސްރުގެ ބޮޑެތި ތުހުމަތުތަކެއް!

އާޖެންޓީނާގެ މެސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ޖުލައި 2026، 09:42

09 ޖުލައި 2026، 09:42

މިއަހަރުގެ ވޯލްޑް ކަޕްގެ ތަށި ދިފާއުކުރުމަށް އާޖެންޓީނާއިން ކުރަމުންދާ ދަތުރުގައި، އެ ގައުމަށް ރެފްރީންގެ ފަރާތުން ހާއްސަ އެހީތެރިކަމަކާއި އިނާޔަތްތަކެއް ލިބެމުންދާ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފަށައިފިއެވެ.

މުބާރާތުގެ ގަދަ 16 ގެ ބުރުގައި ކޭޕް ވާޑް އަދި މިސްރާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުތަކުން އެ ގައުމު މޮޅުވީ ވަރަށް އުނދަގުލުން 3-2 ގެ ނަތީޖާއަކުންނެވެ. ނަމަވެސް، މިސްރާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެ ގައުމުން ވަނީ ފީފާގެ ކިބައިން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެދިފައެވެ. މިސްރުން ތުހުމަތު ކުރާ ގޮތުގައި އެ މެޗުގެ އޮފިޝަލުން ވަނީ އާޖެންޓީނާއަށް ބަޔަސްވެ، ނާޖާއިޒު އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިސްރުގެ ކޯޗު ހުސާމް ހަސަން މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އޭނާގެ ޓީމަށް ކުރިމަތިވީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ. "ބަޔަކު ބޭނުންވަނީ ދުނިޔޭގެ ޗެމްޕިއަނުން މުބާރާތުގައި ބައިތިއްބަން ކަމަށް ވެދާނެ. ފަހަރުގައި މެސީ މި މުބާރާތުގައި ދެމިހުރުމަކީ ބަޔަކު ބޭނުންވާ ގޮތް ކަމަށް ވެދާނެ،" ހަސަން ވިދާޅުވިއެވެ.

މިސްރުން ވަނީ އެ މެޗުގައި އިންސާފުކުރި ރެފްރީން މުބާރާތުން ވަކިކުރުމަށް ފީފާއަށް ހުށަހަޅާފައެވެ. އެ ގައުމުން ދެކޭ ގޮތުގައި މުޅި މުބާރާތް ފަރުމާކުރެވިފައިވަނީ ލިއޮނަލް މެސީއަށާއި އާޖެންޓީނާއަށް ކާމިޔާބު ހޯދައިދެވޭނެ ގޮތަކަށެވެ.

މި މައްސަލައާ ގުޅިގެން ބީބީސީ ސްޕޯޓްސްއިން ކުރި ދިރާސާތަކުން ދައްކާގޮތުގައި، މިއީ ހަމައެކަނި މިސްރުގެ ޝަކުވާއެއް ނޫނެވެ. ދުނިޔޭގެ ގިނަ ބަޔަކު މިހާރު ދަނީ އާޖެންޓީނާއަށް ފަހިވާގޮތަށް ކަންކަން ނިންމަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކޮންސްޕިރަސީ ތިއަރީތައް ފަތުރަމުންނެވެ. ނަމަވެސް، ފީފާއިން މިހާތަނަށް މިކަމާ ގުޅޭގޮތުން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450