ދުނިޔެ

އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުގައި، އީރާނުގެ ތާރީޚީ ބިނާތަކަށް ބޮޑެތި ގެއްލުންތަކެއް

އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުގައި، އީރާނުގެ ތާރީޚީ ބިނާތަކަށް ބޮޑެތި ގެއްލުންތަކެއް

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

28 ނޮވެމްބަރު 2026، 01:10

28 ނޮވެމްބަރު 2026، 01:10

އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނުގެ އިސްފަހާނަށް ދިން ހަމަލާތަކުގެ ސަބަބުން، އެ ޕްރޮވިންސުގެ ސިނާއީ އަދި ދިފާއީ އުމްރާނީ ވަސީލަތްތަކުގެ އިތުރުން، އެ ތަނުގެ ދުވަސްވީ ތާރީޚީ ބިނާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވެއްޖެއެވެ.

އެ  ގައުމުގެ ޚާރިޖީ ވުޒާރާއިން އާންމުކުރި ސަގާފީ ކޮންފަރެންސަކަށް ފޮނުއްވި މެސެޖެއްގައި އަރަޣްޗީ ވިދާޅުވީ، އޭނާ ސިފަކުރެއްވި ގޮތުގައި "ފަހުގެ ދެ ހަނގުރާމަ" ގެ ތެރޭގައި ދިން މި ހަމަލާތަކަކީ، އެ ސަރަހައްދުގެ ޒަމާނީ ގާބިލުކަމާއި ތާރީޚީ ތަރިކަތަކަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާތަކެއް ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ގެއްލުން ލިބުނު އުމްރާނީ ވަސީލަތްތައް އަލުން ބިނާކުރުމާއި ތާރީޚީ އިމާރާތްތައް މަރާމާތުކުރުމުގެ މަސައްކަތް އެ ސަރަހައްދުގެ ރައްޔިތުން މިހާރު ވެސް ވަނީ ފަށާފައެވެ.

މީގެއިތުރުން، "މި ބިމުގެ ދުޝްމަނުންގެ މައްޗަށް އީރާނުން ހޯދާ ކާމިޔާބީތައް ކަށަވަރުވެ، ފަހުން މަޖުބޫރުކުރެވުނު ހަނގުރާމަ ނިމުމަކަށް އައުމުން"، "ސުލްހައިގެ ޑިޕްލޮމެސީ" އިން އައު އުދަރެސްތަކެއް ހުޅުވިގެންދާނެ ކަމަށްވެސް އަރަޣްޗީ ވިދާޅުވިއެވެ. އަދި އިސްފަހާނަކީ ސަރަހައްދީ ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގައިވެސް "ސުލްހައިގެ ޑިޕްލޮމެސީއާއި، ސަގާފީ ގުޅުންތަކާއި، ފަތުރުވެރިކަމުގެ" އެންމެ ކުރިއަރާފައިވާ އެއް މަރުކަޒަށް ވުމުގެ ހައްގު ލިބިގެންވާ ތަނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްފަހާނަކީ 1،000 އަހަރަށްވުރެ ދިގު ތާރީޚެއް އޮތް، އީރާނުގެ އެންމެ ދުވަސްވީ އަދި ތާރީޚީ ގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ސިޓީއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450