ޚަބަރު
މާލޭގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އަލިފާން ރޯވި ގުދަން ފޮޓޯ: އެންޑީއެމްއޭ
މ.މުނިޔާ މަގުގައި ހުންނަ ޖަޔާކުޝަން ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ ފަޔަރ އެންޑް ރެސްކިއު އަދި އެންޑީއެމްއޭއިން ދަނީ ހަރަކާތްތެރިވަމުންނެވެ. މި ސަރަހައްދުގައި ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.
އަލިފާން ރޯވި ގުދަނަކީ ގިނަ އަދަދަކަށް ފޮތި ރޯލުތައް ރައްކާކޮށްފައި ހުރި ތަނަކަށް ވުމުން، އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ނަމަވެސް އެ ސަރަހައްދުން އަދިވެސް ދަނީ ވަރަށް ބޯކޮށް ދުން އަރަމުންނެވެ.
މި ސަރަހައްދުގައި ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފަ. ނަމަވެސް، އެތަނުގައި ގުދަންކޮށްފައި ހުރީ ފޮތި ރޯލު ކަމުން، އަދިވެސް ބޯކޮށް ދުން ދަނީ އަރަމުން pic.twitter.com/gNqXtjewdy
— NDMA Maldives (@NDMAmv) July 9, 2026